ކުރީގެ ތިން ރައީސުން -- ފޮޓޯ/ ވޮއިސް
ހަބަރު
05 Jul 2026 | 17:44
ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އިދިކޮޅު ތިން ރައީސުން ގުޅިގެން ފަށާފައިވާ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ތިން ރައީސުންގެ މަސައްކަތާއި ގުޅޭގޮތުން ނޫސްވެރީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ތިން ރައީސުން އެކުގައި ފެށި މަސައްކަތް ނުހުއްޓޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެެވެ.

ކުރީގެ ރައީސުން ކަމުގައިވާ އަބްދުالله ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ފެއްޓެވި ނަމަވެސް ބައްދަލު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެ ބޭފުޅުންގެ މަންދޫބުން ދެ ފަހަރަކު ވަނީ ބައްދަލު ކުރައްވާފަ އެވެ.

ތިން ރައީސުންގެ ދެވަނަ ބައްދަލްވުމަކަށް އެެޖެންޑާކުރި ނަމަވެސް އެ ބައްދަލްވުން ބޭއްވިފައެއް ނުވެ އެވެ.

އަނެއްކޮޅުން ދާދި ފަހުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނަޝީދުގެ ސަޕޯޓަރުން ވަނީ ޔާމީނާއި ދެކޮޅަށް އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. ޔާމީންގެ ސަޕޯޓަރުން ވެސް ވަނީ ރުޅިގަދަވެ ނަޝީދަށް ފާޑުކިޔާފަ އެވެ.

މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ވެސް އެހާ ރަނގަޅެއް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.