ބްރެޒިލް އާއި ނޯވޭ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
06 Jul 2026 | 07:11
ހާލާންޑްގެ ދެ ލަނޑާއެކު، ބްރެޒިލަށް ވަރލްޑްކަޕް ނިމިއްޖެ

ވަރލްޑްކަޕް ގަދަ 16 ގައި ރޭ ބްރެޒިލް އާއި ނޯވޭ ބައްދަލުކުރިމެޗް ނޯވޭ ކާމިޔާބުކޮށް މުބާރާތުން ކުއާޓާ ފައިނަލުގެ ޖާގައެއް ނޯވޭ ހޯދައިފިއެވެ.

މިމެޗް ބްރެޒިލްގެ މައްޗަށް ނޯވޭ ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފަހު ހާފްގައެވެ. މެޗްގައި ނޯވޭގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ 79 ވަނަ މިނެޓް ތެރޭގައެވެ. އެއީ އާސެނަލްގެ ޑިފެންޑަރު ގަބްރިއެލްއަށްވުރެ މައްޗަށް އަރައި، ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހާލާންޑް ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ބްރެޒިލް ހާސްކޮށްލާފައެވެ.

މެޗްގައި ބްރެޒިލުން ލަނޑު ޖަހާފައިވަނީ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ނޭމާއެވެ. މިއީ ނޭމާ މިފަހަރުގެ މުބާރާތުގއި ކުޅެންއެރި ދެވަނަ މެޗެވެ. މެޗްގައި ބްރެޒިލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ގޯލްކީޕަރު އޯޔަން ނައިލަންޑް ވަނީ ދިފާއުކޮށްފައެވެ. ނޯވޭ އާއި ބްރެޒިލް ކުޅުނު މި މެޗް އެންމެބޮޑަށް ވައްތަރުވެގެން ގޮސްފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވަރލްޑްގައި މި ދެޓީމް ބައްދަލުކުރި މެޗާއެވެ. އެފަހަރުގެ މެޗްވެސް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޯވޭއެވެ.

ރޭ ހާލާންޑް ޖެހި ދެ ލަނޑާއެކު ހާލާންޑް ވަނީ މެސީ އަދި އެމްބާޕޭ އާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންްގެ ތެރޭގައެވެ. އެހެންކަމުން ވަރލްޑްކަޕް ރަން ބޫޓު ހޯދުމުގެ ރޭހުގެ ފޯރިވަނީ ވަރަށް ގަދަވެފައެވެ. 

ކުއާޓާ ފައިނަލުގައި ނޯވޭއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ އިންގްލެންޑާއި މެކްސިކޯ ބައްދަލުކުރާ މެޗަށް ފަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ