ފޮޓޯ: އެމްްއެންޔޫ.
ހަބަރު
11 Jun 2026 | 21:03
ޖިނާޙްގެ 150 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ޕާކިސްތާނުގެ ބާނީ ޤާއިދުލް އައުޒަމް މުޙައްމަދު ޢަލީ ޖިނާޙްގެ 150 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕާކިސްތާން ހައި ކޮމިޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތަކީ ޖިނާޙްގެ ލީޑަރޝިޕާއި ތަޞައްވުރާއި ތާރީޚީ ޚިދުމަތްތަކުގެ ހަނދާންތައް އާކުރުމަށް ދަރިވަރުންނާއި އިއްޒަތްތެރި މެހެމާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެއް ކަމަށް ޕާކިސްތާން ހައި ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރަސްމިއްޔާތު ފެށުނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ ދެއްވި މަރުޙަބާގެ ބަސްފުޅުންނެވެ. މީގެ އިތުރުން ޖިނާޙްގެ ޙަޔާތްޕުޅާއި ޤައުމީ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލެވުނެވެ.

އެ ބަޔާނުގައިވާ ގޮތުން ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދަރިވަރުންގެ މެދުގައި ބޭއްވި ބަހުސް ސެޝަނެވެ. އެ ސެޝަނުގެ ސަބަބުން ލީޑަރޝިޕާއި ވެރިކަން ހިންގުމުގެ ނިޒާމާއި ތާރީޚީ ކަންކަމާ ގުޅޭ ގޮތުން ފުންކޮށް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. ޕާކިސްތާނު މުޖުތަމަޢުގެ އިސް ބޭފުޅުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި ޑިޕްލޮމެޓިކް ދާއިރާގެ މަންދޫބުންނާއި ދަރިވަރުންގެ އިތުރުން ދަޢުވަތު އެރުވުނު މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަރަކާތް ނިންމާލީ ބަހުސްގެ ނަތީޖާ އިޢުލާންކޮށް ދަރިވަރުންނަށް އިނާމު ދިނުމާއި ސަގާފީ ހަރަކާތްތައް ދައްކާލުމާއި ހަނދާނީ ފިލާ އެރުވުމުގެ ރަސްމިއްޔާތަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.