ފޮޓޯ: އެމްއެންޔޫ.
ހަބަރު
21 Jun 2026 | 18:13
އެމްއެންޔޫއިން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތަޢާރަފުކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޞިއްޙީ ޚިދުމަތުގެ ދާއިރާއިން ތިން އާ އަންޑަރގްރެޖުއޭޓް ޕްރޮގްރާމެއް ރަސްމީކޮށް ތަޢާރަފުކޮށްފައިވެއެވެ.

އަލަށް ތަޢާރަފުކުރި ޕްރޮގްރާމްތަކަކީ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް (3 އަހަރު) ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއޭޖް ޕެތޮލޮޖީ (އޮނާޒް) (4 އަހަރު) އަދި ބެޗެލާ އޮފް އޮކިއުޕޭޝަނަލް ތެރަޕީ (އޮނާޒް) (4 އަހަރު) އެވެ. މި ޕްރޮގްރާމްތައް ތަޢާރަފުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކާ އެއްގޮތަށް ޤައުމުގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުގެ ޤާބިލުކަން ވަރުގަދަކުރުމުގެ މަޤުޞަދުގައި ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ. ރާއްޖޭގައި ސްޕީޗް-ލެންގުއޭޖް ތެރަޕީ އޮކިއުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ދޭ އިމަޖެންސީ ފަރުވާގެ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން މަދުކަން އެ ޔުނިވަރސިޓީން ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ "މިއީ ހަމައެކަނި އާ އެކެޑެމިކް ޕްރޮގްރާމްތަކެއް ތަޢާރަފުކުރުމެއް ނޫން މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުން" ކަމަށެވެ. "ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ޚާއްޞަ ތަޢުލީމުގެ މަގު ފަހިކޮށްދީގެން އަޅުގަނޑުމެން މި އިންވެސްޓުކުރަނީ ރައްޔިތުންނަށް ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް އަދި ޤައުމުގެ ތަރައްޤީއަށް މާނަހުރި ގޮތެއްގައި ޙިއްޞާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމަށް" ކަމަށް ވެސް ވިދާޅުވިއެވެ.

ތިން ޕްރޮގްރާމް ވެސް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކަމަށާއި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި ޕްރެކްޓިސް ކުރުމުގެ ލައިސަންސް ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ. ޕެރަމެޑިކް ސައިންސަސް ޕްރޮގްރާމުގައި ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ދޭ އެޑްވާންސްޑް ލައިފް ސަޕޯޓާއި އިމަޖެންސީ ފަރުވާތަކަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން މެރިޓައިމް ސްޓަޑީޒް ސޯޝަލް ސައިންސަސް އިންޖިނިއަރިން ލޯ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން މާސްޓާޒް އަދި ޕީއެޗްޑީ ޕްރޮގްރާމްތައް ތައްޔާރުކުރަމުންދާ ކަމަށް ވެސް އެ ޔުނިވަރސިޓީން ހާމަކޮށްފައިވެއެވެ. މި ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާއިރު 2026 ޖުލައި 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމްއެންޔޫ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު އެ ޔުނިވަރސިޓީގެ ހޮޓްލައިން 1445 އިން ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.