ވަޒީރު ޝަފީޢު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ- ފޮޓޯ/ މަޖިލިސް
ހަބަރު
07 Jul 2026 | 10:04
ދަރިވަރުން ސުކޫލަށް ނުދާ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިން: ޑރ. ޝަފީޢު

އެއްވެސް އުޒުރެއް ނެތި، ދަރިވަރުން ސުކޫލަށް ނުދާ މައްސަލައަކީ ބަލަންޖެހޭ ކަމެއް ކަމަށާ، އެކަމާއި ގުޅިގެން ފިޔަވަޅު އެޅުމަށް ސުކޫލުތަކަށް އަންގަވާފައިވާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ވަޒީރު ވަނީ މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދާކަން ފާހަގަކުރައްވާފައެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސުކޫލަށް ނުދާ ދަރިވަރުން ދެނެގަނެ އެކަމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ފެށުނީވެސް ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ. 

އޭރުގައި ސުކޫލަށް ނުދާކުދިން ދެނެގަނެ، ސުކޫލަށް ކުދިން ގެނައުމުގެ މަސައްކަތް ފެށިގެން ދިޔައީ. ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބުމާއެކު މި މޮނިޓަރިން މެކެނިޒަމް ވަރަށް ބޮޑަށް ދަށްވެގެން ދިޔައީ. އެޓެންޑެންސް ޕޮލިސީއެއް އޮވޭ. އެކަމަކު އޭގައި ވާގޮތުން ސުކޫލުތަކުން ރިޕޯޓްކުރަން މިޖެހެނީ މިހާ ކުދިން ނަދެޔޭ. ވަކި މުއްދަތުތަކެއް ހުރޭ. ތިން ދުވަސް. 10 ދުވަސް. އެގޮތަށް ކަނޑައަޅަފައި ހުރޭ ލޯންގް އެބްޒެންޓިޒަމްއަކީ 10 ދުވަހޭ. ޖެހިޖެހިގެން ތިން ދުވަހު ނައިއްސިނަމަ ރިޕޯޓްކުރަންޖެހޭނެއޭ. މިނިސްޓްރީއަށް ލިބެމުންދިޔައީ އެ މައުލޫމާތު ސުކޫލްތަކުން ފޮނުވީމާ

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު

ނަމަވެސް ކޮންމެ ދުވަހެއްގެ އެޑެންޑެންސް މިނިސްޓްރީއަށް ފޮނުވަން މިހާރު މަޖުބޫރުވާނެ ކަމަށާ، އެގޮތަށް ފޮނުވުމުގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ސުކޫލަށް ނުދާކަން ދެނެގަނެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއީ އަޅުގަނޑުމެން ކަނބޮޑުވާންޖެހޭ ކަމެއް. މެންބަރުންވެސް، ބެލެނިވެރިންވެސް، މުދައްރިސުންވެސް، ރަށުގެ އެންމެންވެސް ކަންބޮޑުވާންޖެހޭ ކަމެއް. ސުކޫލަށް ކުއްޖަކު ނުދިޔުމަކީ އޭގެ ނޭދެވޭ އަސަރު މުޅި ގައުމުގެ ހިޔުމަން ކެޕިޓަލް ޑިވޮލަޕްމަންޓްއަށް ކުރާނެ ކަމެއް. 

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު

އެހެންކަމުން އެއްވެސް ސަބަބަކާ ނުލައި ސުކޫލަށް ނުގޮސް ކުއްޖަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމުނު ހަފްތާގައި މާލޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާ ގުޅިގެން ވާހަކަދެއްކެވި ކަމަށާ، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސުކޫލަށް ދަރިވަރުން ނުދާ މައްސަލައިގައި މި ސަރުކާރުން ފިޔަވަޅެއް ނާޅައި ދޫކޮށް ނުލައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.