އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް --
ހަބަރު
07 Jul 2026 | 20:46
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި

ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ހދ އަތޮޅުގައި ބޯޑެއް ހަދަން ކުރާ މަސައްކަތާއި ގުޅިގެން އެލްޖީއޭ އިން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމުން، އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެލްޖީއޭގެ ޒިންމާއެއް ކަމަށާ ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.

އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމްކޮށްގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުށުއަރާ ކަމެއްކަން ފާހަގަކޮށް އެ މަސައްކަތް މަޑުޖައްސާލުމަށް ވަނީ އަންގާފަ އެވެ.

މީގެ ފަސް ދުވަސްކުރީން ކުޅުދުއްފުށި ސިޓީގެ މޭޔާ މުޙައްމަދު ޢާޠިފް ވަނީ ހދ.އަ ތޮޅުގެ ރަށްރަށުގެ ރައީސުންނާއި އޮންލައިންކޮށް ބައްދަކުރައްވާފަ އެވެ.

ކުޅުދުއްފުށިސިޓީގެ މޭޔަރު --

މި ބައްދަލުވުމުގައި ރަށްރަށުގެ ރައީސުން އެކަކު އަނެކަކަށް ތަޢާރަފް ވުމާއި، އަތޮޅުގެ ރަށްތައް ގުޅިގެން މަސައްކަތްކުރުމަށް އެކަށޭނެ ޕްލެޓްފޯމެއް ޤާއިމުކުރުމާއި، އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ބޭހޭގޮތުން ހިޔާލު ފާޅުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މި ބައްދަލުވުމުގައި މޭޔަރުގެ ހުށަހެޅުމަށް ހުރިހާ ރައީސުން ވެސް ތާއީދުކުރި ކަމަށާ އަތޮޅުގެ ތަރައްޤީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، ހދ. އަތޮޅުގެ ރަށްތައް ތަމްސީލު ވާނޭހެން، ބޯޑެއް އުފެއްދުމަށް ނިންމާ، އަދި އެ ބޯޑުގެ މަޤުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް ޖުލައި 15 ގެ ކުރިން އެކުލަވާލުމަށް ނިންމި ކަމަށް ވަނީ ބުނެފަ އެވެ.

އެ ބައްދަލްވުމުގައި ހދ އަތޮޅު ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްތަކުގެ ރައީސުން ބައިވެރިވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.