މެޗުން މޮޅުވުމަށްފަހު ސްވިޒަރލޭންޑް ކުޅުންތެރިން... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
08 Jul 2026 | 07:38
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި

ފީފާ ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ހޯދައިފިއެވެ.

ސްވިޒަރލޭންޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ ކޮލަމްބިއާގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައިގެންނެވެ. މެޗްގެ 90 މިނެޓް ކުޅުމާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. އެހެންކަމުން މެޗްގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. 

މެޗުގެ ފުރިހަމަ ވަގުތަށްވުރެ އިތުރު ވަގުތުގެ ކުޅުމުގައި ފޯރިގަދަވެގެން ދިޔައިރު، ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތުތައް ލިބިގެންދިޔައެވެ. އެގޮތުން ކޮލަމްބިއާގެ ޖޯން ލުކޫމީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ޖެމިންޓަން ކަމްޕާޒަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.

ޕެނަލްޓީގައި ކޮލަމްބިއާގެ ޑޭވިންސަން ސަންޗޭޒް ޖެހި ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ސްވިޒަލޭންޑުގެ މެނުއަލް އަކަންޖީ ޖެހި ޕެނަލްޓީ ގޯލާ އަމާޒުނުވެ މަތިން ދިއުމުން ކޮލަމްބިއާއަށް އުންމީދެއް ލިބުނެވެ. ނަމަވެސް، ކޫޗޯ ހެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ސްވިޒަލޭންޑުގެ ކީޕަރު ގްރެގޯ ކޯބެލް ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކުރުމުން، ވަރްގަސްއަށް މެޗު ކާމިޔާބުކޮށްދިނުމުގެ ފުރުސަތު ލިބުނެވެ.

ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 1954 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕަށްފަހު އެ ގައުމުން ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ