މިސްރު ކޯޗު-
ކުޅިވަރު
08 Jul 2026 | 07:59
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި؛ "އެމީހުން ބޭނުންވީ މުބާރާތުގައި މެސީ ބަހައްޓަން"

އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.

ރޭ ކުޅެވުނު މި މެޗުން މިޞްރު ބަލިވީ 2-0 އިން ކުރީގައި އޮއްވާ، އާޖެންޓީނާއިން ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބު ކުރުމުންނެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ބުނީ އޭނާގެ ޓީމު މުބާރާތުން ބޭރުކޮށްލީ "މަކަރު ހަދައިގެން" ކަމަށެވެ.

"އަހަރެން މިއީ 'ނަސީބު ދެރައީއޭ' ކިޔާފައި ރީތި ބަހުން ވާހަކަދައްކަން ބޭނުންވާ މީހެއް ނޫން. މިއަދު އަހަރެމެންނަށް މިވީ ބޮޑު ބޭއިންސާފެއް،" ކޯޗު ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.

މި މެޗުގައި މިޞްރުގެ މުސްތަފާ ޒިކޯ ޖެހި ގޯލެއް ވީއޭއާރް މެދުވެރިކޮށް ވަނީ ކެންސަލްކޮށްފައެވެ. އެއީ އެ ގޯލު ޖެހުމުގެ މާ ކުރިން އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒްއަށް ފައުލެއް ކުރި ކަމަށް ބަލައިގެންނެވެ. އެހެންނަމަވެސް، ފަހުން ޒިކޯ ވަނީ އިތުރު ގޯލެއް ޖަހައި މިޞްރަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ.

އާޖެންޓީނާއިން މެޗުގެ ނަތީޖާ އަނބުރާލީ ކްރިސްޓިއަން ރޮމޭރޯގެ ގޯލަކާއި ލިއޮނަލް މެސީގެ ގޯލުންނެވެ. މެސީ މި މެޗުގައި ޖެހި ޕެނަލްޓީ މިޞްރުގެ ކީޕަރު މުސްތަފާ ޝުބައިރު މަތަކުރި ނަމަވެސް، ފަހުން މެސީ ވަނީ އޭނާގެ މި މުބާރާތުގެ 8 ވަނަ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ނަތީޖާ ކާމިޔާބުކޮށްދިން ގޯލު އެންޒޯ ފެނާންޑޭޒް ޖެހިއިރު، އެ ގޯލު ޖެހުމުގެ ކުރިން އާޖެންޓީނާގެ މެކް އެލިސްޓާ މިޞްރުގެ ހަމްދީ ފަތުހީގެ ޖާޒީއަށް ދަމައި ފައުލްކުރިއެވެ. ނަމަވެސް ވީއޭއާރް މެދުވެރިކޮށް ރެފްރީ އެކަން ބަލާފައި ނުވާތީ ކޯޗު ހަސަން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

"އެއްވެސް އިހުތިރާމެއް ނުވަތަ 'ފެއާ ޕްލޭ' އެއް ފެނިގެން ނުދޭ. އަހަރެމެންނަށް ލިބެންޖެހޭ ޕެނަލްޓީއެއް ވީއޭއާރް އިންވެސް ނުބަލާ. އެކަމަކު އަހަރެމެން ޖެހި ދެވަނަ ގޯލު ބާތިލުކުރީ ވަރަށް އާދަޔާޚިލާފު ގޮތަކަށް،" ހަސަން ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ބޭއިންސާފުގެ ސަބަބުން މި މުބާރާތުގެ އެއްވެސް މެޗެއް ދެން ބަލަން ބޭނުންނުވާ ކަމަށެވެ.

ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ހަސަން ތުހުމަތު ކުރި ގޮތުގައި، އޮފިޝަލުންނަށް ވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބޭތިއްބުމަށް ފިއްތުންތަކެއް ކުރިމަތިވެފައެވެ.

"ފަހަރުގައި އެމީހުން ބޭނުންވީ މެސީ މުބާރާތުގައި ބަހައްޓަން ކަމަށް ވެދާނެ. ފުޓްބޯޅައިގައި ބައެއް ފަހަރު ފަންނީ ކަންކަމަށްވުރެ ބޭރުގެ ބާރުތައް ވަރުގަދަވޭ،" އޭނާ ބުންޏެވެ.

މީގެ އިތުރުން މެޗު ކުޅުނު ވަގުތާ މެދުވެސް ހަސަން ޝަކުވާ ކުރިއެވެ. މެންދުރު 12 ޖެހިއިރު މެޗު ތާވަލުކުރުމަކީ ފުޓްބޯޅަ ކުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ކުޅުންތެރިންނަށް ކެއުމަށާއި ތައްޔާރުވުމަށް އުނދަގޫވާނެ ވަގުތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް، މިޞްރުގެ ލޯކަލް ލީގުގެ ގިނަ ކުޅުންތެރިން ގޮވައިގެން ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ވާދަކުރެވުމުން ކުޅުންތެރިންގެ ހިތްވަރަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ. ޚާއްޞަކޮށް ކީޕަރު މުސްތަފާ ޝުބައިރު މެޗުގައި ދެއްކި މޮޅު ކުޅުން އޭނާ ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ