މުޙައްމަދު ސަލާޙް އާއި ރެފްރީ
ކުޅިވަރު
08 Jul 2026 | 09:49
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް؛ ފާޑުކިޔުންތެރިން ބުނީ ކީކޭ؟

އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މިޞްރުގެ މައްޗަށް 3-2 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް މި މެޗު ނިމިގެންދިޔައީ ރެފްރީގެ ނިންމުންތަކާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި، ބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ.

މެޗުގެ ބޮޑުބަޔަކު މިޞްރުން ދެ ލަނޑުގެ ލީޑެއްގައި އޮތްއިރު، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުން ވަކިވާން ޖެހިދާނެ ކަމުގެ ބިރު އޮތެވެ. އާޖެންޓީނާއިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 13 މިނެޓުގެ ތެރޭގައި ޖެހި ތިން ލަނޑުންނެވެ. އެގޮތުން 79 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ލިއޮނަލް މެސީ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އާޖެންޓީނާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ.

މި މެޗު އެންމެ ބޮޑަށް ހޫނުވީ މިޞްރުގެ މުޞްޠަފާ ޒީކޯ ޖެހި ލަނޑެއް ވީއޭއާރުއިން ބަލައި، އެ ލަނޑު ކެންސަލް ކުރުމާ ގުޅިގެންނެވެ. މިޞްރު 1-0 އިން ކުރީގައި އޮއްވައި، މުޙައްމަދު ޞަލާޙް ދިން ބޯޅައަކުން ޒީކޯ ޖެހި މި ލަނޑު ރެފްރީ ކެންސަލް ކުރީ، ލަނޑު ޖެހުމުގެ ކުރިން ފައުލެއް ހިނގާފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް މެޗުގެ ކޮމެންޓޭޓަރުން ބުނި ގޮތުގައި އެ ހާދިސާ އަކީ ވީއޭއާރުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

މެޗު އެންމެ ހޫނުވި އެއް ސަބަބަކީ ޒީކޯއަށް ދިމާވި ފަދަ ހާދިސާއެއް އާޖެންޓީނާއަށްވެސް ދިމާވިއިރު، އެފަހަރު ވީއޭއާރް މެދުވެރިކޮށް ރެފްރީ މައްސަލަ ނުބެލުމުންނެވެ.

މި ނިންމުމާ ގުޅިގެން މިޞްރުގެ ކޯޗު ޙުސާމް ޙަސަން ވަރަށް ބޮޑަށް ނުރުހުންވެ ވިދާޅުވީ، މިއީ ރޭވިގެން ކުރިއަށްދިޔަ ކަމެއް ކަމަށާއި މުޅި ދުނިޔެއަށް ވެސް އެކަން ފެނުނު ކަމަށެވެ.

"އާޖެންޓީނާ މޮޅުކޮށްދޭން އެހާ ބޭނުންވާނަމަ، އެހެން އެންމެން މި މުބާރާތަށް ގެނައުމުގެ ބޭނުމަކީ ކޮބައި؟" އޭނާ ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން މިޞްރުގެ ކުރީގެ ތަރި މުޙައްމަދު އަބޫތްރީކާ ބުނީ ފީފާގެ ރައީސް އިންފަންޓީނޯ ފުޓްބޯޅަ ހަލާކުކޮށްލައިފި ކަމަށެވެ. އަދި ލަނޑު ޖެހި ޒީކޯ ބުނީ ރެފްރީ އަކީ އިންސާފެއް ނެތް މީހެއް ކަމަށާއި، ޤައުމެއްގެ ބުރަ މަސައްކަތް އޭނާ ބޭކާރުކޮށްލައިފި ކަމަށެވެ.

މަޝްހޫރު ކޮމެޑިއަން ޓްރެވަރ ނޯއާ ވެސް ވަނީ މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރަމުން، އެހެން މެޗުތަކުގައި ނުލިބޭ ފުރުޞަތުތައް އަބަދުވެސް އާޖެންޓީނާއަށް ލިބޭ ކަމަށް ފާހަގަކޮށްފައެވެ.

އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗާ ގުޅޭގޮތުން ހޯސޭ މޮރީނިއޯ ވެސް ވަނީ ފީފާއަށް ފާދުކިޔާކިޔާފައެވެ. 

"މިއީ ދުވާލު މެންދުރު ހިންގި ބޮޑު 'ވައްކަމެއް' ފަދަ ބޭއިންސާފު ކަމެއް. ފުޓްބޯޅަ މިއަދު މިދާ މިސްރާބާ މެދު އަހަރެން ހިތާމަކުރަން. ކުޅުން ކުރިއަށް ގެންދަން ފުރުސަތު ދީ، ލަނޑު ޖެހުމަށްފަހު، އަލުން ފަހަތަށް ގޮސް އެ ލަނޑު ކެންސަލް ކުރަން ނިންމަނީ ކިހިނެއް؟ ފައުލެއް އޮތް ނަމަ، ޖެހޭނީ ވަގުތުން ކުޅުން ހުއްޓުވަން. ލަނޑު ޖަހަންދެން މަޑުކޮށްގެން ނުވާނެ.“ މޮރީނިއޯ ބުންޏެވެ.

”ދެން އަހަރެން އުފައްދާ އަނެއް ސުވާލަކީ، އާޖެންޓީނާގެ ފުރަތަމަ ލަނޑު އޮފްސައިޑް ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، އެ ލަނޑު އެހާ ފަރުވާތެރިކަމާއެކު ރިވިއު ނުކުރީ ކީއްވެ؟ އާޖެންޓީނާއާ ގުޅުންހުރި ކޮންމެ ހާދިސާއެއް ވަރަށް ބޮޑަށް ބަލަމުންދާއިރު، މިޞްރަށް އެފަދަ ހަމަހަމަ އުސޫލެއް ގެންގުޅޭތީއެއް ނުފެނޭ.“ އޭނާ އިތުރަށް ބުންޏެވެ. 

އޭނާ ބުނީ، ވީއޭއާރުގެ ބޭނުމަކީ އިންސާފު ގާއިމުކުރުން ކަމަށާ، ކަންކަން އޮޅުންބޮޅުން ކުރުމެއް ނޫން ކަމަށެވެ. އަދި ރޭ ފެނިގެންދިޔައީ ހުރިހާ މުހިންމު ނިންމުންތަކެއް އާޖެންޓީނާގެ ފައިދާއަށް ނިންމި މަންޒަރު ކަމަށްވެސް ބުންޏެވެ. 

މި މައްސަލަ ހޫނުވެފައިވާއިރު، އާޖެންޓީނާ މިހާރު ތައްޔާރުވަމުންދަނީ ކުއާޓާ ފައިނަލް މެޗަށެވެ.

ކޮމެންޓް
ތެޔޮފީފާ
މިފަހަރުގެ ފީފާ ވޯލްޑް ކަޕް ގެ ނަން އާޖެންޓީނާ ވޯލްޑްޖަޕް އަށް ބަދަލްވެއްޖެ.
08 Jul 2026
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.