ފީފާ ރެފްރީއެއް... ފޮޓޯ: ޔާހޫ ސްޕޯޓްސް
ކުޅިވަރު
08 Jul 2026 | 19:06
ފީފާ ވަރލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ މެޗަށް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީގެ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

ބޮސްޓަން ސްޓޭޑިއަމުގައި ޖުލައި 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ރެފްރީއަކީ އާޖެންޓީނާގެ ފަކުންޑޯ ޓެލޯއެވެ. އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހުވާން ޕާބްލޯ ބެލައްޓީ އާއި ގެބްރިއެލް ޗާޑޭ ހަމަޖައްސާފައިވާ އިރު ހަތަރު ވަނަ އޮފިޝަލަކީ ޑާރިއޯ ހެރޭރާއެވެ. ރިޒާވް އެސިސްޓެންޓް ރެފްރީއަކީ ކްރިސްޓިއަން ނަވާރޯއެވެ. މިއީ މި މުބާރާތުގައި ދަނޑުމަތީގެ ފަސް އޮފިޝަލުން އެއް ޤައުމަކުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. ވީއޭއާރު އޮފިޝަލުން އަދި ކަށަވަރެއް ނުކުރެއެވެ.

މި ނިންމުމާ މެދު ސޯޝަލް މީޑިއާގައި ސަޕޯޓަރުން ވަގުތުން ފާޑުކިޔައިފައިވެއެވެ. އެއް ސަޕޯޓަރަކު ލިޔެފައިވެއެވެ. "ފީފާ ދެން އެކަން ފޮރުވާކަށްވެސް ނޫޅޭ. ހުސް އާޖެންޓީނާ ވީއޭއާރު ޗެކްކުރަންވެސް މެސީ ގެންނަންވީނު." އެހެން ސަޕޯޓަރަކު ބުނެފައިވެއެވެ: "ފްރާންސް މެޗަކަށް ހުސް އާޖެންޓީނާ ރެފްރީން ފީފާ އަނެއްކާވެސް އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދޭން މި އުޅެނީ."

ނަމަވެސް ފީފާއިން މުޅި މުބާރާތުގައިވެސް ވަނީ އެއް ޤައުމެއްގެ ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ކަނޑައަޅާފައެވެ. އިނގިރޭސިވިލާތުން 3-2 އިން މެކްސިކޯ ބަލިކުރި މެޗުގައި ރެފްރީ ޓީމު ނެގީ އޮސްޓްރޭލިއާއިންނެވެ. ހަމައެހެންމެ އާޖެންޓީނާ 3-2 އިން މިޞްރު ބަލިކުރި ގަދަ 16 ގެ މެޗުގައި ރެފްރީކަން ކުރީ ފްރާންސްގެ ފްރާންސުވާ ލެޓެކްސިއޭ އާ އެކު ފްރާންސްގެ ދެ އެސިސްޓެންޓް ރެފްރީންނެވެ. އަދި ވީއޭއާރު އޮޕަރޭޝަނުގައިވެސް ފްރާންސްގެ ދެ އޮފިޝަލަކު ބައިވެރިވެފައިވެއެވެ. ފީފާ އިން ފްރާންސާއި މޮރޮކޯ މެޗުގެ އޮފިޝަލުން ކަނޑައެޅީ ހޯމަ ދުވަހު އާޖެންޓީނާއާއި މިޞްރު މެޗުގެ ކުރިންނެވެ.

އެންމެފަހުން އާޖެންޓީނާ-މިޞްރު މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ރެފްރީންގެ ނިންމުންތަކަށް ވަނީ ވަރަށް ބޮޑު ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ވީއޭއާރު ބެލުމަށްފަހު މިޞްރުން ޖެހި ގޯލެއް، ގޯލެއް ނޫންކަމަށް ނިންމިއިރު މުޙައްމަދު ޞަލާޙަށް ކުރި ފައުލަކާ ގުޅިގެން ލިބެންޖެހޭ ޕެނަލްޓީއެއްގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މެޗަށްފަހު ރެފްރީންގެ އަމަލުތަކާމެދު ނިހާޔަތަށް ކަންބޮޑުވާކަމަށް މިސްރު ޓީމުންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ