މީހަކު ޤުރުއާން ކިޔަވަނީ-
ދީން
10 Jul 2026 | 14:12
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“

ކީރިތި ޤުރްއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލުކަމާއި، އެ ފޮތް އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ކިޔަވާ މީހާއަށް ދެ ދަރުމަ ލިބޭނެކަން މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމާއި އޭގެ ފައިދާތަކުގެ މައްޗަށެވެ.

ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.

ޤުރްއާން ކިޔެވުމުގެ މާތްކަމާ ގުޅޭގޮތުން ޚުޠުބާގައި އިތުރަށް ބަޔާންކުރީ، އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ދަރުމަ ލިބޭނެ ކަމެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވާ ފަދައިން، "އަލިފް، ލާމް، މީމް" އަކީ އެއް އަކުރެއް ނޫން ކަމަށާއި، އޭގެއިން ކޮންމެ އަކުރަކީ ވަކި އަކުރެއްގެ ގޮތުގައި ބެލެވި ދިހަ ހެޔޮކަން ލިބިގެންދާނެއެވެ.

ޚުޠުބާގައި ފާހަގަކުރި އެންމެ މުހިންމު އެއް ކަމަކީ، ޤުރްއާން ކިޔެވުމުގައި ތަފާތު ފަންތީގެ މީހުންނަށް ލިބޭ މަތިވެރި މަޤާމެވެ. އެގޮތުން، ޤުރްއާން ކިޔެވުމުގައި ކުޅަދާނަ މާހިރުން މަލާއިކަތްބޭކަލުންނާ އެކު ވާނެއިރު، އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ކިޔަވާ މީހާއަށް ދެ ދަރުމަ ލިބޭނެކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުން ހާމަވެއެވެ. އިމާމް ނަވަވީގެ ބަސްފުޅާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވީ، ޤުރްއާނުގެ މާހިރަކީ އެއްވެސް އުނދަގުލަކާ ނުލައި ފަރިތަކަމާއެކު ކިޔަވާ މީހާ ކަމަށެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِيْ يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيْهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ) މާނައީ: "ހުނަރުވެރިކަމާ އެކު ޤުރްއާން ކިޔަވާ މީހާ ވާހުށީ اللهُ سُبْحَانَهُ وَتَعَالَى، އެކަލާނގެ ޚަލްޤުތަކުންގެ ގާތަށް ވަޙީއާއިގެން ފޮނުއްވާ މަތިވެރިވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް، ދެ ދަރުމަ ހުށްޓެވެ."

މީގެ އިތުރުން، ޤުރްއާން ކިޔަވާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެ، އެބައިމީހުންނަށް ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ. އަދި ޤުރްއާނަކީ ހިތްތަކަށް ޝިފާއެއް ކަމަށާއި، އެ ފޮތް ކިޔެވުމުން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ލިބި، އިންސާނާގެ ހިތްވަރު އާލާކޮށްދޭކަން އިމާމް އިބުނުލް ޤައްޔިމްގެ ބަސްފުޅުތަކުން މިސާލު ދައްކައި ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން، ހުރިހައި މުސްލިމުންނަށް ގޮވާލާފައިވަނީ اللهގެ ފޮތާ މެދު ތަޤުވާވެރިވުމަށެވެ. ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމުގައި ކަމަށާއި، ޤުރްއާނުގެ އަމުރުތަކާ ޚިލާފުވުމަކީ ހުރިހާ ނުބައިކަމެއްގެ އަސްލުކަން ހަނދާންކޮށްދީ ނަޞޭޙަތްތެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.