ވަރލްޑްކަޕް ސެމީފައިނަލުގެ ޖާގައެއް ސްޕެއިން ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ސްޕެއިން ހޯދާފައިވަނީ ރޭ ކުޅުނު ކުއާޓާފައިނަލުގައި ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ލޮސްއެންޖެލިސްގައި ކުޅުނު މިމެޗް ބެލްޖިއަމްގެ މައްޗަށް ސްޕެއިން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ގަދަ ހޫނުގައި ކުޅުނު މިމެޗްގެ ތަރިއަކަށްވީ މެރިނޯއެވެ.
މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް ސްޕެއިންއެވެ. އެއީ ފުރަތަމަ ހާފްގެ 30 ވަނަ މިނެޓް ތެރޭގައި ރުއިޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސްޕެއިނުން ލަނޑެއް ޖަހައި ލީޑް ނެގިނަމަވެސް ބެލްޖިއަމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޗާލްސް ޑި ކެޓެލެއާ އެވެ.
މެޗުން ސްޕެއިން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ކުޅެންނިކުތް، މެރީނޯ އެވެ. މި މެޗުން ލިބުނު މޮޅާއެކު ސްޕެއިން ބަލިނުވުމުގެ ސިލްސިލާ ވަނީ ދަމަހައްޓާފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މިހާތަނަށް ސްޕެއިން މެޗަކުން ބަލިވެފައެއް ނެތެވެ. އެހެންކަމުން މެޗަކުން ސްޕެއިން ބަލިނުވެ ވަނީ 36 މެޗް ހަމަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists