-
ހަބަރު
22 Apr 2026 | 22:41
ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރުއާން މުބާރާތާއި ފުރަތަމަ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައި އެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެން ވެމްކޯގެ މެނޭޖްމަންޓަށް ތަޢުރީފު ކުރައްވައިފިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މުވައްޒަފުންގެ މެދުގައި ދީނީ ރޫޙު އާލާކޮށް ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް އިސްލާމީ ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމަށް ވެމްކޯގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތް ވަރަށް އުފަލާ އެކީ ފާހަގަކުރައްވާ ކަމަށެވެ. އަދި މެނޭޖިންގ ޑިރެކްޓަރު މުޖްތަބާ ޖަލީލުގެ އިސްނެންގެވުމުގެ މަތިން ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެއް ވެސް ފެށްޓެވީތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ ވެމްކޯގެ މުވައްޒަފުންނަކީ ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާ އެކު ދިވެހިރާއްޖޭގެ މަގުތަކާއި ގޭބިސީތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ހީވާގި ޓީމެއް ކަމަށާއި އެ ޓީމުން ދެމުން ގެންދާ ޚިދުމަތްތަކަކީ ތަޢުރީފު ޙައްޤު ޚިދުމަތްތަކެއް ކަމަށެވެ. މީގެ އިތުރުން ކޮންމެ މުބާރާތަކީ ހަމައެކަނި ހުނަރު ދައްކައިދިނުމުގެ މައިދާނެއް ނޫން ކަމަށާއި މުބާރާތަކަށް ތައްޔާރުވާއިރު ލިބޭ ފިލާވަޅުތަކާއި ހޭލުންތެރިކަމަކީ މުޅި ޢުމުރަށް ދެމިގެންދާ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ. ޚާއްޞަކޮށް ޤުރުއާން ކިޔެވުމުގެ ތެރެއިން ދީނީ ޢަޤީދާ ވަރުގަދަވެ ކެތްތެރިކަމާއި އަޚްލާޤީ ސިފަތައް ނަފުސުގައި އަށަގަންނަ ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ވަނީ މި ދެ މުބާރާތުން ފަޚުރުވެރި ވަނަތައް ޙާޞިލުކުރި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި މުޅި ޓީމަށް ފަށްފަށުން ސާބަސް ރައްދުކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.