އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Jul 2026 | 11:36
މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް ހެދީ އެންމެން ގުޅިގެން މަސައްކަތްކުރަން: ސައީދު

މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށްކަމަށް އިކޮނޮމިކް މިނިސްތަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއް ގާއިމްކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާނުކުރެއްވީ މިހަފްތާގެ އާދިއްތަ ދުވަހުއެވެ. މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ގާއިމްކުރި އޮފީހެކެވެ.

މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މި މަސައްކަތްކުރިއަށްދާނީ އިތުރަށް މުއައްޒަފުން ނުނަގައި މިކަމުގައި ހަރަކާތްތެރިވާ މުއައްސަސާތަކާއެކުގައިކަމަށެވެ. އެގޮތުން އެފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން މިކަމުގައި ހޯދާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އިތުރު ވަކި، މި، މުވައްޒަފުންތަކެއް ނެގުމަކާނުލާ މި، ހަމަ މިހާރުވެސް މިދެންނެވި ހުރިހާ މުއައްސަސާއެއްގައި ހުރި ރިސޯސްތައް ބޭނުންކޮށްގެން ސެންޓްރަލައިޒްޑް ގޮތަކަށް މި މަސައްކަތްކުރުމަށްޓަކާ ގްރޭޓަރ މާލޭ ޓްރާންސްޕޯޓް އޮފީހެއް ގާއިމް މި ކުރީ. އެއީ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގެ ހައިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިނިސްޓަރު ވިދާޅުވީ، އަލަށް ގާއިމްކުރި އޮފީހުގެ މަސައްކަތަކަށްވާނީ މުއައްސަސާތައް ވަކިވަކިން މަސައްކަތް ކުރުމުގައި އެންމެންގެ ބައިވެރިވުމާއެކު މައްސަލަތައް ހައްލުކުރުންކަމަށެވެ. އެގޮތުން މި ބީދައިން އެންމެންގެ ބައިވެރިވުމާއެކު މި ކަންކަން ކުރިއަށްގެންދިއުމުން މައްސަލައަށް އެދެވޭގޮތެއްގައި އަވަހަށް ހައްލު ލިބިގެންދާނޭކަން މިނިސްޓަރު ފާަހަގަކުރެއްވިއެވެ. 

މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު ކަންކަން މަތީ ޕާކް ކުރިނަމަވެސް ފިޔަވަޅު އަޅައި ތަންފީޒު ނުކުރެވޭ ކަމަށާއި،ނަމަވެސް އަލަޑް ގާއިމްކުރެވޭ އޮފީހުގެ މަސައްކަތްތަކާއެކު މިފަދަ ކަންކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނޭކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޓެކްނޮލޮޖީގެ އެހީގައި ތްރެފިކްގެ ކަންކަން މެނޭޖްކުރިނަމަވެސް ރާއްޖޭގައި އެކަންކަން އެމަގުން ކުރިއަށްގެންދަން ވަގުތު ނަގާނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓްރީޓް ޕާކިންގް، މެކޭނިކަލް، އަދި އިތުރު ޕާކިންގް ބިލްޑިންގްތައް އަލައި އެކަން އެމަގުން ކުރިއަށްގެންގޮސް އަވަހަށް ނިންމައި މި މައްސަލައަށް ވީހާވެސް އަވަސްގޮތެއްގައި ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އެދިވަޑައިގަންނަވާ ކަމެއްކަމަށް މިނިސްތަރު ފާހަގަކުރެއްވިއެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.