ދިރާގުގެ ސްތޯލްއެއް - ފޮޓޯ: ދިރާގު
ވިޔަފާރި
14 Jul 2026 | 15:46
ފުޑް ކާނިވަލްގައި ދިރާގުން ގޭމިން، ހާއްސަ އޮފާތައް އަދި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު

މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކާއި އޮފަރތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

މި ކާނިވަލް ކުރިއަށްދާނީ 15 އިން 18 ޖުލައިގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 04:00އިން ރޭގަނޑު 11:30އަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިރާގުން ބުނިގޮތުގައި ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިންގ ހަރަކާތުގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ. އަދި ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފަރތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިރާގުން ބުނިގޮތުގައި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ހާއްސަ ކޭޝްބެކް ރިވޯޑްސް ފަދަ ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކޮށް ވަކި ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި މި ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއަކާއި ނެސްޕްރެސޯ މެޝިނެއް ވެސް ހިމެނޭ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމަށާއި މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. ދިރާގަކީ މި އިވެންޓްގެ ޑިޖިޓަލް ޕަރޓްނަރ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިރާގުން ދަނީ މުޖުތަމައުގެ ގިނަ ބަޔަކަށް ބައިވެރިވެ ގުޅުން ބަދަހިކުރެވޭ ގޮތަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ