މެޗަށްފަހު ސްޕެއިން ކުޅުންތެރިން.. ފޮޓޯ: ސްކައިސްޕޯޓްސް
ކުޅިވަރު
15 Jul 2026 | 08:52
ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ފްރާންސް ބަލިކޮށް، ސްޕެއިން ވަރލްޑްކަޕް ފައިނަލަށް

ފްރާންސް ބަލިކޮށް ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ޔޫރަޕްހގެ ޗެމްޕިއަން ސްޕެއިން ހޯދައިފިއެވެ.

ސެމީފައިނަލުގައި ރޭ ފްރާންސް އާ ދެކޮޅަށް ކުޅުނު މިމެޗް ސްޕެއިނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި ދެޓީމަކީ މިފަހަރުގެ މުބާރާތުގެ މިހާހިސާބަށް އާއިރު އެންމެ ވަރުގަދަކޮށް ފެނުނު ދެޓީމެވެ. ނަމަވެސް ރޭގެ މެޗްގައި ފަރަންސޭސިންގެ ފަރާތުން އުއްމީދުކުރިވަރުގެ ކުޅުމެއް ނުފެނުނެވެ. 

ހާއްސަގޮތެއްގައި ރޭގެ މެޗްގައި ފްރާންސްގެ އެންމެ ވަރުގަދަ ޑިޕާޓްމެންޓްގެ ކުޅުން ފެނިގެންދިޔައީ ވަރަށް ދަށްކޮށެވެ. މެޗްގައި ސްޕެއިންގެ އެންމެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ، ފުރަތަމަ ހާފްގެ 22 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑަކީ ލަމީން ޔަމާލަށް ފްރާންސްގެ ލޫކަސް ޑީނޭ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔަރްޒަބަލް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައޮ އޮވެގެންނެވެ.

މެޗްގައި ފްރާންސްއަށް އެކަށީގެންވާ ހަމަލާއެއް ނުއުފެއްދުނުއިރު، މި މެޗްގައި ތަފާތު ފެނިެގންދާނޭކަމަށް ބެލެވުނު އޮލިސޭއަށްވެސް މާބޮޑުކަމެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ވަނީ 72 ވަނަ މިނެޓް ތެރޭގައި ބަދަލުކޮށްފައެވެ. ސްޕެއިންގެ ދެވަނަ ލަނޑަކީ ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެޑްރޯ ޕޯރޯ ކާމިޔާބުކުރި ލަނޑެކެވެ. މި މެޗާއެކު ސްޕެއިން މިހާރު ވަނީ ބަލިނުވެ ޖެހިޖެހިގެން 37 މެޗު ހަމަކޮށް، ޔޫރަޕްގެ ގައުމަކުން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

ވަރލްޑްކަޕް ފައިނަލުގައި ސްޕެއިން ބައްދަލުކުރާނޭ ޓީމެއް ކަނޑައެޅިގެންދާނީ މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ކުޅޭ ސެމީފައިނަލްމެޗަށް ފަހުއެވެ. ފްރާންސްއަށް ދެން އޮތީ ހޮނިހިރު ދުވަހު ކުޅޭ ތިންވަނަ ހޮވާ މެޗެވެ. މިއީ ޑިޑިއޭ ޑެޝޭމްޕްސްގެ 14 އަހަރުވީކެރިއަރުގެ އެންމެ ހިތްދަތި އެއް މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ