އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް ކުށްވެރިކޮށް އެމެރިކާގައި ކުރި މުޒާހަރާއެއްގެ ތެރެއިން... ފޮޓޯ: އޭއެފްއެސްސީ
ދުނިޔެ
16 Jul 2026 | 13:05
ހިޔާލު ހޯދުމުގެ ޕޯލްގައި އެމެރިކާގެ ގިނަ ރައްޔިތުން ބުނީ އީރާނާ ހަނގުރާމަކުރަން ނުރުހޭކަމަށް

އިރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ހަނގުރާމައާ ނުރުހޭކަމަށް އެޤައުމުގެ ގިނަ ރައްޔިތުން ބުނެފިއެވެ.

މި ހަނގުރާމައަށް އެމެރިކާގެ ރައްޔިތުން ނުރުހޭކަމަށް ބުނެފައިވަނީ، މަޝްހޫރު އިކޮނޮމިސްޓް ނޫހާއި، ޔޫގަވް ގުޅިގެން ނެގި ހިޔާލް ހޯދުމުގެ ވޯޓުގައެވެ. މި ޕޯލަށް ވޯޓުދިން އެމެރިކާގެ 57 އިންސައްތަ މީހުން ގަބޫލުކުރަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަކީ އެޤައުމުގެ ސަރުކާރުން ނިންމި ގޯސް އަމަލެއް ކަމަށެވެ. އެއީ ރަނގަޅު ނިންމުމެއްކަމަށް ބުނެފައިވަނީ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 27 އިންސައްތަ އެވެ. 

ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ.

އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގައި މުޒާހަރާތައް ކުރިއަށްދާއިރު، މުޒާހަރާ ކުރާ މީހުން ބުނެފައިވަނީ،  ހަނގުރާމައަކީ ސުލްހައަށް އޮތް މަގެއް ނޫނެވެ. އަދި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ޤާނޫނާ ޚިލާފު، އެއްވެސް އުުދުވާނެއް ނެތް ހާލަތެއްގައި ފެށި، އަދި މަޖުބޫރުވެގެން ކުރާ ކަމެއްވެސް ނޫނެވެ. 

މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނުގެ ސިޓީތަކަށް ބޮން އަޅައި، އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލައި އުދުވާނީ ހަނގުރާމައެއް ފަށާފައެވެ. ފުރަތަމަ ދިން ހަމަލާތަކުގައި، ސްކޫލަކަށް އަމާޒުވި ހަމަލާއެއްގައި މަދުވެގެން 175 މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މީގެ އިތުރުން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ ވެސް ވަނީ ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.