ސިހުރު
ދީން
17 Jul 2026 | 12:51
”ސިހުރުވެރިޔާ ކޮންމެ ސިހުރެއް ހެދިޔަސް، الله ކަނޑައަޅުއްވާފައިވާ ކަމެއް މެނުވީ ނުޖެހޭނެކަން ޤަބޫލުކުރަންޖެހޭ“

ސިހުރުވެރިޔާ ކޮންމެ ފަދަ ސިހުރެއް ހެދި ނަމަވެސް، މާތް الله ކަނޑައަޅުއްވާފައިވާ ކަމެއް މެނުވީ އިންސާނާއަށް ނުޖެހޭނެކަން ޔަގީންކަމާއެކު ގަބޫލުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"ސިހުރު ހާހޫރައިގެ ނުބައިކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ ސިހުރަކީ އޭގައި ހަގީގަތެއްވާ ކަމެއްކަން ކީރިތި ގުރުއާނާއި ސުންނަތުން އެނގެން އޮތް ނަމަވެސް، އެކަމުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް اللهއަށް ވަކީލުކުރުން ކަމަށް ބުނެފައެވެ.

ޚުތުބާގައި ބުނި ގޮތުގައި، ސިހުރުހާހޫރައަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކަކާއި، ކުރާ ކިޔެވުންތަކަކާއި، ޖަހާ އަކަތަކާއި ގޮށްތަކެއްގެ އެހީގައި މީހާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް އަސަރުކުރުވާ ކަންކަމެވެ. އަދި ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ސިހުރުވެރިއަކަށް ވެވެނީ ޝައިތާނާއަށް ކިޔަމަންވުމަށް އަހުދުކަށަވަރު ހިފައި، ނަޖިސް ތަންތަނުގައި އުޅުމާއި، ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުން ފަދަ ބޮޑެތި މުންކަރާތްތަކަށް އަރައިގަނެގެން ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

މުސްލިމުންގެ އަގީދާއާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ހަމައެކަނި ސިހުރުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ކޮންމެ ނިއުމަތަކާއި މުސީބާތެއްވެސް ޖެހެނީ މާތް الله މިންވަރުފުޅުންކަން ގަބޫލުކުރަންޖެހެއެވެ.

މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް اللهގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ. ބަލިމަޑުކަމެއް ދިމާވާ އިރު ފުރަތަމަ ވެސް މާތް اللهގެ މަތީން ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ.

ޚުތުބާ

ސިހުރުވެރިޔާގެ ފާފައިގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމުން އޭނާ ޤަތުލުކުރުމަށް ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވާކަމުގައި އިބުނު ޤުދާމާ އެކަލޭގެފާނުގެ "އަލްމުޣްނީ"އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވާފައިވާ ކަމަށް ޚުތުބާގައި ވެއެވެ.

ސިހުރުވެރިންގެ ގާތަށް ދިއުމުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލަންވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކޮށްފި މީހާގެ ނަމާދު 40 ދުވަސް ވަންދެން ގަބޫލުނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ގަބޫލުކޮށްފިނަމަ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ދީނަށް އެމީހަކު ކާފަރުވެއްޖެ ކަމަށް ހަދީޘްފުޅުތަކުން ސާބިތުވާކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ވެސް ނަހީކުރައްވައިފައި ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެއެވެ." އަދި އެފަދަ މީހަކު ބުނާ ބަހެއް ޤަބޫލުކުރާ މީހާއާ މެދު ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِـمَا يَقُوْلُ، فَقَدْ كَفَرَ بِـمَا أُنْزِلَ عَلَى مُحَمَّدٍ) މާނައީ: "ސިޙުރުވެރިޔެއް ނުވަތަ ކާހިނެއް ކުރެން ކަމަކާ މެދު ސުވާލުކޮށް، އޭނާގެ ވާހަކަ ޤަބޫލުކޮށްފި ނަމަ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އޭނާ ކާފަރުވެއްޖެކަން ކަށަވަރެވެ."

ޚުތުބާ

ޚުތުބާގައި ވަނީ ސިހުރަށް ފަރުވާއެއް ހޯދާނަމަ، ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް އެދިފައެވެ.

ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ ﷺ އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެކެވެ. މީގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް، ނުވަތަ ނޭނގޭ ބަސްތަކެއް ނުވެއެވެ. ޞައްޙަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެއެވެ. ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެއެވެ. އަދި މާތް الله ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެއެވެ. މި ފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަންކަމެވެ.

ޚުތުބާ

ޚުތުބާ ނިންމާލަމުން ވަނީ، މިފަދަ ބާތިލު ވަހުމްތަކުން ހިތްތައް ސަލާމަތްކޮށް، ދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.