ރޮޑްރީގޭޒް ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: ބުރު
ކުޅިވަރު
18 Jul 2026 | 15:36
ބުރު ސްޕޯޓްސް ކްލަބްގެ އާ ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ސްޕެއިންގެ ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފިއެވެ.

ބުރުގެ އާ ކޯޗަކަށް ރޮޑްރީގޭޒް ހަމަޖައްސާފައިވާއިރު އޭނާއަކީ ޔުއެފާ ޕްރޯ ލައިސަންސް އޮޗް ކޯޗެކެވެ. ރޮޑްރީގޭޒް ވަނީ، މީގެ ކުރިން އެކި ޤައުމުތަކުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ، ޔޫއޭއީ، އެމެރިކާ އަދި އޮމާން ހިމެނެއެވެ. ބުރުގެ އާ ކޯޗަކަށް ރޮޑްރީގޭޒް ހަމަޖެއްސިއިރު ނިމިގެންދިޔަ ސީޒަނުގައި އެޓީމްގެ ކޯޗެއްގެ ގޮތުގައި ހުރީ މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ބުރުގެ ކޯޗަކަށް ރޮޑްރީގޭޒް ހަމަޖެއްސުމުގެ ތެރެއިން..

ރޮޑްރީގޭޒަކީ މީގެކުރިން އެތްލެޓިކޯ މެޑްރިގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އަދި އޭނާއަކީ ސްޕެއިްނގެ ބާސެލޯނާއިންވެސް މި ދާއިރާގެ ތަޖުރިބާ ހޯދާފައެވެ.

ނިޒާމްބެގެ ކޯޗްކަމުގެ ދަށުން ބުރު ވަނީ މިދިޔަ ސީޒަނުގައި ޕްރެސިޑެންޓްސްކަޕް ސެމީފައިނަލުގެ އިތުރުން އެފްއޭކަޕްގެވެސް ސެމީއަށް ދަތުރުކޮށްފައެވެ. ބުރުގެ އާ ކޯޗާއެކު އެޓީމްގެ ތަމްރީނުތައް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jul 2026
އައިއޭސީ މެދުވެރިކޮށް ބަންގްލަދޭޝްގެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލިއިރު، އެ ޖަމާއަތުން ވަނީ ހާދިސާ ހިނގުމާއެކު އެހީވުމުގެ މަސައްކަތްތައް ފަށާފައެވެ.
18 Jul 2026
ބުރު ސްޕޯޓްސް ކްލަބްގެ އާ ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް
ރޮޑްރީގޭޒް ވަނީ، މީގެ ކުރިން އެކި ޤައުމުތަކުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ، ޔޫއޭއީ، އެމެރިކާ އަދި އޮމާން ހިމެނެއެވެ
18 Jul 2026
މުއައްޒަފުން މަދުކުރަން އެސްއޯއީތަކަށް ތިންމަސްދުވަހުގެ މުހުލަތެއް
ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ
18 Jul 2026
އެޗްޕީއޭއިން އެދުނީ ސްކޫލް ޗުއްޓީގައި ސިއްހަތަށް ސަމާލުވެގެން އުޅުމަށް
ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީއަށް ދަރިވަރުން ގޮސްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ
18 Jul 2026
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް
މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ
18 Jul 2026
އިއްޒުއްދީނު ފާލަމުން ނަސަންދުރައަށް ޕާކިންނަށް ހާއްސަ ޖާގައެއް އޮންނާނެ
ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ހިއްކާފައި އޮތް ޖާގައިން ޕާކްކުރުމަށް ޖާގަ ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން 500 ސައިކަލް ޕާކްކުރުމުގެ ޖާގަ އޮންނާނޭކަމަށް ރައީސް ވިދާޅުވިއެވެ
18 Jul 2026
ޕާކްފަދަ ތަންތަނަށް ގޮސް އުޅޭއިރު، ކުދިންނަށް ދަސްކޮށްދެވިދާނެ ރީތި އާދަތައް
ޕާކު ފަދަ އާންމު ތަންތަނުގައި ކުދިން އުޅެވީ ރަނގަޅު ގޮތްތައް ކޮންމެ ކުއްޖަކަށް ބުނެދީ ދަސްކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެން މީހުންނަށް އިޙުތިރާމުކުރުމާއި، ކިޔޫއަށް އިންތިޒާރުކުރުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަކީ މުހިންމުކަމެއްކަން ބުނެދޭންވާނެއެވެ.
18 Jul 2026
ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ހިޔާލުފާޅުކުރުމަކީ މައްސަލައެއްނޫން: ވައިޓްހައުސް
މި މައްސަލާގައި ވައިޓްހައުސްއިން ބުނެފައިވަނީ، ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ފާޅުކުރި އެ ހިޔާލަކީ އެޓީމްގެ ކުޅުންތެރިންނަށް ލިބިގެންވާ ހައްގުގެ ތެރެއިން ކުރި ކަމެއްކަމަށެވެ