ފީފާގެ ރައީސް ވާހަކަ ދައްކަވަނީ -
ދުނިޔެ
19 Jul 2026 | 12:26
ވޯލްޑް ކަޕަށްފަހު ހައިޑްރޭޝަން ބްރޭކް ދެމެހެއްޓުމާމެދު ގޮތެއް ނުނިންމާ ކަމަށް ފީފާއިން ބުނެފި

ވޯލްޑް ކަޕް 2026 ގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ހައިޑްރޭޝަން ބްރޭކާ މެދު ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ހުރިކަން ޤަބޫލުކުރައްވައި މި މުބާރާތަށް ފަހު އެ ބްރޭކް ދެމެހެއްޓުމާ މެދު އަދި ނިންމުމެއް ނެތް ކަމަށް ފީފާގެ ފުޓުބޯޅަ ޑިވެލޮޕްމެންޓުގެ ވެރިޔާ އާސެން ވެންގާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެންގާ ވިދާޅުވީ ކޮންމެ ހާފެއްގެ މެދުތެރެއިން ތިން މިނެޓަށް މެޗު މެދުކަނޑައިލުމުން ކުޅުންތެރިންގެ ހުނަރަށް ނުވަތަ ކުޅިވަރުގެ ދިރުމަށް ހެޔޮ ބަދަލެއް އައިކަން ދައްކައިދޭ ޑާޓާއެއް ފެނިވަޑައިގެންނެވިތޯ ސުވާލުކުރެއްވުމުން ޖަވާބުގައި "ނޫން" ކަމަށެވެ. ނަމަވެސް ފުޓުބޯޅަ ބަލާ ބެލުންތެރިންނަށް ޚިދުމަތް ކުރުމުގެ ޒިންމާ އެ ޖަމާޢަތުގެ ބޮލުގައި އެޅިފައި އޮތް ކަމަށާއި މުބާރާތް ނިމުމުން ގޮތެއް ކަނޑައެޅޭނެ ކަމަށް ވެންގާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު އާޖެންޓީނާ އާއި ސްޕެއިން ފައިނަލް ކުޅޭ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ވެންގާ ދެއްކެވި މި ވާހަކައިގައި ފީފާއިން މި މުބާރާތަށް ގެނައި އެހެން ބައެއް ބަދަލުތަކަށް ތައުރީފު ކުރެއްވިއެވެ. އެގޮތުން ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުން ވެސް ފާހަގަކުރި ގޮތުގައި ފަރުވާ ހޯދަން އެދޭ ކުޅުންތެރިޔާ ދަނޑުން ބޭރުގައި އެއް މިނެޓު ހޭދަކުރުން ލާޒިމުކުރާ ޤަވާއިދުގެ ސަބަބުން ފަރުވާ ހޯދުމުގެ އެވެރެޖް ޢަދަދު 2022 ގައި މެޗަކަށް 2.3 އިން 1.6 އަށް ދަށްވެފައިވެއެވެ. ވެންގާ ވިދާޅުވި ގޮތުގައި ބަލިނުވެ ދަނޑުމަތީ ވެއްޓި އޮންނަ ކުޅުންތެރިންގެ ސަބަބުން ބެލުންތެރިންނަށް ކުރާ ނޭދެވޭ އިހުސާސް ހިމެނޭ ބައި ނަންބަރުން ވަޒަންނުކުރެވޭ ކަމަށެވެ.

ހައިޑްރޭޝަން ބްރޭކާ ގުޅޭ ގޮތުން ވެންގާ ވިދާޅުވީ "ބައެއް މެޗުތަކުގައި ޚާއްޞަކޮށް ފުރާޅުލީ ސްޓޭޑިއަމްތަކުގައި ކުޅުނު މެޗުތަކުގައި ސަޕޯޓަރުން މިކަމާ ހިތްހަމައެއް ނުޖެހުނު. އެކަމަކު މުބާރާތް ފެށުނުއިރު ހުރިހާ މެޗަކަށް ވެސް ހަމަ އެ އުސޫލު ހިންގަން ނިންމީ" ކަމަށެވެ. އަދި ވިދާޅުވީ ސިއްޙީ ގޮތުން ގިނަ މެޗުތަކެއްގައި ހައިޑްރޭޝަން ބްރޭކް ބޭނުންވި ކަމަށާއި ނިންމުމެއް ނެރޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މި ވޯލްޑް ކަޕުގެ ކުރިން ރެފްރީންނަށް ހޫނު ގަދަ ހާލަތުގައި ގާތްގަނޑަކަށް 90 ސިކުންތުގެ ބްރޭކެއް ދެވޭ ގޮތް އޮތީ ރެފްރީގެ އަމިއްލަ ނިންމުމެއްގެ ގޮތުގައެވެ. ނަމަވެސް މި މުބާރާތުގައި ކޮންމެ ހާފެއްގައި ތިން މިނެޓުގެ ބްރޭކެއް ލާޒިމުކޮށް ފިނި ހޫނުމިނަށް ބެލުމެއް ނެތި ހުރިހާ މެޗެއްގައި ވެސް މެޗު މެދުކަނޑައިލަމުން ގެންދިޔައެވެ. ގްރޫޕް ސްޓޭޖުގައި ސީޓަލްގައި ކުޅުނު މިސްރު-އީރާން މެޗުގައި ފިނިހޫނުމިން ހުރީ ގާތްގަނޑަކަށް 16 ޑިގްރީ ސެލްސިއަސް (60 ޑިގްރީ ފެރެންހައިޓް) ގައެވެ. ނަމަވެސް ދެ ހާފުގައި ވެސް ތިން މިނެޓުގެ ބްރޭކެއް ދިނެވެ. އެ މެޗުގެ ކުރިން މިސްރުގެ ސަޕޯޓަރު ރޮޖާ އެންޓޮއިން އަލް ޖަޒީރާއަށް ބުނީ "މިރޭ ހައިޑްރޭޝަން ބްރޭކެއް ނަގައިފިއްޔާ ވަރަށް މަޖާ ވާނެ. އެއީ އަސްލު ވަރަށް ފިނި" ކަމަށެވެ.

ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހާފުގެ މެދުތެރެއިން ކުޅުން ހުއްޓައިލުމުން ކުޅުމުގައި ކުރި ހޯދައިފައި އޮންނަ ޓީމުގެ ބާރު ގެއްލި އިދިކޮޅު ޓީމަށް ނަފްސާނީ ގޮތުންނާއި ރޭވުންތެރި ގޮތުން ކޮޅަށް ތެދުވާނެ ފުރުސަތު ލިބުމެވެ. މުބާރާތުގެ ތެރެއިން ބައެއް ޓީމުތައް ހައިޑްރޭޝަން ބްރޭކަށް ފަހު ވަގުތުން ގޯލް ވައްދައިލެވިފައިވެއެވެ. ވޮޝިންގޓަން ޑީ.ސީ. ގެ ފުޓުބޯޅަ ސަޕޯޓަރު ސީޒާ އެސްޕީނޯ ކުރިން އަލް ޖަޒީރާއަށް ބުނީ "ނަންބަރުތަކަށް ބަލައިލީމާ ސާފުކޮށް ފެނޭ ހައިޑްރޭޝަން ބްރޭކް ނެގީމާ ކުޅުމުގެ މޮމެންޓަމް މުޅިން އެ ފުރޮޅޭ ތަން. ގާތްގަނޑަކަށް 200 އެއްހާ އަހަރު ފުޓުބޯޅަ ކުޅެމުން އައި ގޮތެއް ނޫން މީ" ކަމަށެވެ. މީގެ އިތުރުން ގިނަ ސަޕޯޓަރުން ތުހުމަތުކުރީ ޓީވީ ބްރޯޑްކާސްޓަރުންނަށް އިޝްތިހާރު ދެއްކޭނެ ވަގުތުކޮޅެއް ހޯދައިދީ ފުޓުބޯޅަ އެމެރިކާގެ ކުޅިވަރުތަކުގެ ޓީވީ މޮޑެލާ ދިމާއަށް ގެންދިއުމުގެ ބޭނުމުގައި ބްރޭކް ތައާރަފުކުރި ކަމަށެވެ.

ފީފާއިން މި މައްސަލައިގައި ގޮތެއް ނިންމާނީ ވޯލްޑް ކަޕް 2026 ގެ ފައިނަލް ނިމުމަށް ފަހު ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ