ފެސްތިވަލް ގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ
ހަބަރު
19 Jul 2026 | 13:51
އެމްއެންޔޫ މަހާސަމާގެ ނަމުގައި ދަރިވަރުންނަށް ޚާއްޞަ ލަރނިންގ ފެސްޓިވަލެއް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ސްކޫލް ބަންދާ ދިމާކޮށް 9 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށް "އެމްއެންޔޫ މަހާސަމާ" ގެ ނަމުގައި ފެސްޓިވަލެއް މިއަދު ފަށައިފިއެވެ.

ޖުލައި 19 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލަކީ އެ ޔުނިވަރސިޓީން މި ފެންވަރުގައި ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ. "އުނގެނުމާއި އައު ހޯދުންތަކާއި އުފާވެރިކަމުގެ ތެރެއިން ޒުވާން ޖީލަށް އާރޯކަން" މި ޝިޢާރުގެ ދަށުން ހިންގާ މި ޕްރޮގްރާމުގައި ރޮބޮޓިކްސް ސައިންސް ހިސާބު ޢިލްމު ނަފްސާނީ ދުޅަހެޔޮކަން ކިޔެވުމުގެ ހުނަރު އިސްލާމީ އަޚުލާޤު ވާހަކަ ކިޔައިދިނުން އަދި ސްޓޯރީޓެލިންގ ހިމެނޭހެން އަށް ދާއިރާއަކުން ސެޝަންތައް ކުރިއަށް ގެންދާނެއެވެ. އެ ސެޝަންތައް ހިންގަވައިދެއްވަނީ އެމްއެންޔޫގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.

މި ހަރަކާތް ރޭވިފައިވަނީ ޢާންމު ކްލާސްރޫމް ކިޔަވައިދިނުމާ ތަފާތުކޮށް ޢަމަލީ ގޮތުން ކަންކަން ތަޖުރިބާކޮށް ހޯދައިބެލުމުގެ ވިސްނުމުގެ މައްޗަށެވެ. ދަރިވަރުންގެ ހިތުގައި ޢިލްމު އުނގެނުމަށް ޝައުޤު އުފައްދައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށް މައްސަލަ ހައްލުކުރުމާއި ފާޑުކިޔުމާއެކު ވިސްނުމުގެ ހުނަރު ދަސްކޮށްދިނުމަކީ މި ފެސްޓިވަލުގެ މައިގަނޑު މަޤުޞަދެވެ. މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ގޮތުން އެމްއެންޔޫން ހިންގާ "ފުރާތަ" ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގައި މި މަހާސަމާ ވަނީ ހަމަޖައްސައިފައެވެ.

މި ފެސްޓިވަލާ ގުޅޭ ގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ "އެމް.އެން.ޔޫ.ގައި އަޅުގަނޑުމެން ގަބޫލުކުރަނީ އުނގެނުމަކީ އުފާވެރި ހިތްވަރު ލިބިދޭ އަދި ކޮންމެ މީހަކަށްމެ ފަސޭހައިން ލިބެންޖެހޭ އެއްޗެއް ކަމަށް" ކަމަށެވެ. އެ ކަމަނާ ވިދާޅުވި ގޮތުގައި މި މަހާސަމާގެ ސަބަބުން ކުދިންގެ ކިބައިގައި ހުންނަ ފިކުރީ ޝައުޤުވެރިކަން އާލާވެ ކުރިން ވިސްނައިފައި ނުވާ ދާއިރާތަކަށް ލޯ ހުޅުވިގެންދާނެ ކަމަށެވެ. އެ ކަމަނާ ވަނީ މި ހަރަކާތް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރެއްވި ހުރިހާ މުވައްޒަފުންނާއި ދަރުމަވެރިންނަށާއި ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ޕައިލެޓް ޕްރޮގްރާމުގެ ކާމިޔާބީއަށް ބެލުމަށްފަހު ކުރިމަގުގައި މުޅި ރާއްޖެއަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަކީ އެމްއެންޔޫގެ އުންމީދެއް ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ