ހުޅުމާލެ ހޮސްޕިޓަލް.. ފޮޓޯ: އެމްސީޖީއެޗް
ހަބަރު
20 Jul 2026 | 15:02
މިހިނގާ ޖުލައިމަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގައި މުހިންމު ހިދުމަތްތަކެއް ފަށަނީ

މިހިނގާ ޖުލައިމަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި މުހިންމު އާ ހިދުމަތްތަކެއް ފެށިގެންދާނޭކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރައީސުސލްޖުމްހޫރިއްޔާ ޑރ.މުހައްމަދުގެ ރިޔާސީ ވައުދުފުޅުގައި ބަޔާންކޮށްފައިވާ ގޮތަށް ހުޅޭ ހޮސްޕިޓަލްގައި މުހިންމު ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ކުރިއަށްއޮތް ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ކުރިން އެ ހޮސްޕިޓަލްގައި ފެށުމަށް ނިންމި އާ ހިދުމަތްތައް ދޭން ފަށާނޭކަމަށް ހަލީމް ވިދާޅުވިއެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ރާއްޖެމިއަދު ޕްރޮގްރާމްގައި.. ފޮޓޯ: ޕީއެސްއެމް

އޭނާ ވިދާޅުވީ މިހިނގާ ޖުލައިމަހުގެ 26 ގެ ކުރިން ހުޅުމާލޭ ހޮސްޕިޓަލްގައި ގެސްޓްރޯއެންޓޮލޮޖީގެ ޚިދުމަތް ފަށައި، މިމަހުގެ ތެރޭގައި ގޮހޮރާއި މައިދާގެ ބަލިތަކަށް ޚާއްސަ ބަލިމީހުން ބެލުމުގެ އޯޕީޑީ ޚިދުމަތް ލިބެންފަށާނޭކަމަށެވެ. މި ހިދުމަތް ދޭނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާ ގުޅިގެން ކަމަށާއި، މިހިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ދޭން ފެށުމުން ހުޅުމާލޭގައި ދިރިއުޅޭ މީހުން އެކަމަށް ފަރުވާހޯދަން އައިޖީއެމްއެޗަށް މާލެ ދާން ޖެހޭޖެހުމަށް ލިޔެއް ލިބިގެންދާނޭކަމަށެވެ.

މީގެ އިތުރުން މީގެކުރިން ހުޅުމާލޭ ހޮސްޕިޓަލުން މީގެ ކުރިން ލިބެމުން ނުދާ ޔޫރޮލޮޖީ ނެފްރޮލޮޖީގެ ޚިދުމަތް ވެސް ޖުލައިމަސް ނިމުމުގެ ކުރިން ދިނުމަށް ނިންމާފައިވާަކަމަށް ހަލީމް ވިދާޅުވިއެވެ.

 ނާރުގެ ޚިދުމަތްތަކަށް މި ޑޮކްޓަރު ދެއްކުމުގެ ކަންކަންވެސް ހުޅުމާލޭ ހޮސްޕިޓަލުގައި އިރާދަކުރެއްވިއްޔާ ޖުލައި ސައްބީހުގެ ކުރިން އަޅުގަނޑުމެން ފަށާނަން. އޭގެ ތެރޭގައި ނާރުގެ ބަލިތަކަށް ހާއްސަ ކްލިނިކެއް ގާއިމް ކުރެވޭނެ. ހަމަ މިހާރު އަޅުގަނޑުމެންގެ ނިއުރޮލޮޖިސްޓެއް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު އެބަހުރި އިނގޭތޯ 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

އެ ހިދުމަތްތަކުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ގްލޮކޯމާ ދެނެގަތުމަށް ބޭނުންވާ އެންމެހާ ޑައިގްނޯސްޓިކް ތަޙުލީލުތަކާ ޓެސްޓުތަކުގެ ޚިދުމަތްތައްވެސް ދިނުމަށް ތައްޔާރުވަމުންނެވެ. މި ހިދުމަތުގެ ތެރެއިން ގުލްކޯމާ އޮޕަރޭޝަންތަކާއި ސާޖަރީތައްވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.މީގެ އިތުރުން ކެންސަރާއި އޮންކޮލޮޖީގެ ހިދުމަތްތައްވެސް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ހުޅުމާލެއަކީ މިހާރު އެންމެ ހަލުވިކަމާއެކު އާބާދީ އިތުރުވަމުން އަންނަ ސިޓީއެވެ. ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަނަގޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް އޮތް އެންމެބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށް އެ ހޮސްޕިޓަލުން ފާަހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.