މަމްދާނީ- ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
22 Jul 2026 | 09:52
ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ނިއުޔޯކް ސިޓީއަށް ނެތް: މޭޔަރު މަމްދާނީ

ނިރުބަވެރި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް އައި ނަމަވެސް، އޭނާ ހައްޔަރުކުރުމުގެ މިނިވަން ގާނޫނީ ބާރެއް ނިއުޔޯކް ސިޓީ ސަރުކާރަށް ލިބިގެން ނުވާ ކަމަށް އެ ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މަމްދާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ އޭނާގެ އިދާރާގެ ގާނޫނީ ޓީމުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ސިޓީ ސަރުކާރަށް ނެތްކަން ސާފުވެފައިވާ ކަމަށާއި، އެމެރިކާގެ ފެޑަރަލް ސަރުކާރުން އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މަމްދާނީ މިހެން ވިދާޅުވެފައިވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ޖަރީމާތަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރުކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް މީގެ ކުރިން "ދަ ނިއުޔޯކް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވި ގޮތުގައި ނަތަންޔާހޫއަކީ އައިސީސީން ދައުވާ އުފުލާފައިވާ "ހަނގުރާމަވެރި މުޖުރިމެއް" ކަމަށާއި، އޭނާ ހުންނަން ޖެހޭނީ ބައިނަލްއަގުވާމީ ކޯޓުގެ ކުރިމަތީގައި ދަ ހޭގްގައެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވަރުގަދަ ރައްދެއް ދީފައެވެ. ޓްރަމްޕް ބުނީ، ނަތަންޔާހޫ އެމެރިކާއަށް އައުމުން އެއްވެސް ސިފައެއްގައި ހައްޔަރު ނުކުރާނެ ކަމަށެވެ. އަދި އިޒްރޭލަކީ އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

އައިސީސީން 2024 ވަނަ އަހަރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ، ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމަވެރި ޖަރީމާތަކުގެ ސަބަބުންނެވެ. ނަމަވެސް އިޒްރޭލާއި އެމެރިކާއަކީ އެ ކޯޓުގެ މެންބަރު ގައުމުތަކެއް ނޫނެވެ. އިޒްރޭލުން ވަނީ މަމްދާނީގެ ވާހަކަތަކަށް ފާޑުކިޔައި، އައިސީސީގެ އަމުރަކީ އެއްވެސް އަސާސެއް ނެތް ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.

ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ނަތަންޔާހޫ ނިއުޔޯކަށް އާދެއެވެ. މަމްދާނީ ވިދާޅުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޭނާއަށް ކުރެވޭނެ އެންމެހާ ކަމެއް ކުރައްވާނެ ކަމަށާއި، ނަމަވެސް ގާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.