އޮޑިޓަރ ޖެނެރަލް އޮފީހުގެ ވެރިން މިދިޔަ އަހަރު ބޭއްވި މަޖިލީހުގެ ކޮމިޓީއެއްގައި... ފޮޓޯ: މަޖިލިސް
ހަބަރު
22 Jul 2026 | 17:45
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން ދައުލަތުގެ އޮޑިޓަރު އެދިއްޖެ

ސެންޓަރ އެންޓަރޕްރައިސަސް އިން ދައުލަތުގެ ބައެއް އިދާރާތަކަށް ފޯރުކޮށްދިން ހިދުމަތްތަކަށް ފައިސާ ނުދައްކާކަމަށް ބުނެ އެކުންފުނިން ހުށަހެޅި މައްސަލަތަކުގެ ލިޔެކިޔުންތަކުގައި ބޮޑެތި އޮޅުވާލުންތަކެއް އުޅޭކަމަށް ފާހަގަކުރެވޭތީވެ އެކުންފުންޏާ ދެކޮޅަށް ޖިނާއީ ފޔރިހަމަ ތަހްގީގެއް ކުރުމަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލް އެދިއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސެންޓަރ އެންޓަރ ޕްރައިސަސް އިން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދިންކަމަށް ބުނާ ތަކެތީގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ހާއްސަ ރިޕޯޓް އާއްމުކޮށްފައެވެ. މީގެ ތެރެއިން މި ރިޕޯޓްގައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކުރިން ހިންގި ޑީއެމްއެސް އަށް ސެންޓަރ އެންޓަރ ޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ބޯފެން ރައްކާކުރާ 900 ކަޅުހަމުގެ އަގާއި ޖޫރިމަނާއަށްވާ ޖުމްލަ 25.3 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކުރެވުނު ކަންކަން ބަޔާންކޮށްފައެވެ.

އެގޮތުން އެކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގައި އެ މަސައްކަތަކީ ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށް ބަޔާންކުރިނަމަވެސް އެފަދަ ޕްރޮޖެކްޓެއް މިނިސްޓްރީން ކުރިއަށް ގެންދިޔަކަން އެނގެން ނެތްކަމަށް އޮޑިޓްގައި ވަނީ ފާަހަގަކޮށްފައެވެ. މީގެ އިތުރުން އެކުންފުންޏަށް ލިބެންޖެހޭ ފައިސާކަން ސާބިތުކުރުމަށް އެކުްނފުނިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ޑިއެމްއެސްގެ މުވައްޒަފުންގެ ގޮތުގައި ދެ ނަމެއްގައި ސޮއިކޮށްފައިވީނަމަވެސް އެ ނަންނަމުގައި އެއްވެސް މުއައްޒަފަކު ޑީއެމްއެސް އަދި ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރިކަން އެނގެން ނެތްކަމަށް ވަނީ ބަޔާންކޮށްފައެވެ. 

ޑީއެމްއެސްއަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްގެ އަގާއި ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ 83.94 މިލިއަން ރުފިޔާގެ މައްސަލާގައި ބުނެފައިވަނީ، މީގެ ތެރެއިން ޖޫރިމަނާ ނުހިމަނައި ހޯދަން ހުށަހަޅާފައިވަނީ 32.7 މިލިއަން ރުފިޔާ ކަމަށެވެ. އޮޑިޓުން އެނގޭ ގޮތުގައި މި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަމާ ގުޅިގެން ތަކެތި ސަޕްލައިކޮށްދިންކަން ދެއްކުމަށް ތައްޔާރުކޮށްފައިވާ 12.4 މިލިއަން ރުފިޔާގެ އިންވޮއިސްއަކީވެސް ސައްހަނޫން އިންވޮއިސްތަކެއްކަމަށް އެނގޭކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އެކުންފުނިން މިކަމުގައި ކޮށްފައިވާ ސައްހަނޫން ގިނަ މުއާމަލާތްތަކެއް ފާަހަގަކޮށްފައެވެ.

ސެންޓަރ އެންޓަރ ޕްރައިސަސް އިން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދިންކަމަށް ބުނާ ތަކެތީގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ހާއްސަ ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ވަނީ، އެކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަތަކާ ގުޅޭ ފުރިހަމަ ޖިނާއީ ތަހްގީގެއް ކުރިއަށްގެންދިއުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.