ހޫތީން ސައުދީ ޓެންކަރަށް ހަމަލާ ދިނުން
ދުނިޔެ
23 Jul 2026 | 11:38
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި

ޔަމަނުގެ ހޫތީ ޖަމާޢަތުން ރެޑް ސީ ހުރަސްކޮށް ދަތުރުކުރަމުން ދިޔަ ސަޢޫދީ ޢަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް ބެލިސްޓިކް އަދި ކްރޫޒް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީ އެ ދެ އުޅަނދުގައި އަލިފާން ރޯކޮށްލައިފިއެވެ.

ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޙޫތީ ޖަމާޢަތުން ޖުލައި 20 ގައި ސަޢޫދީ ޢަރަބިއްޔާގެ މައްޗަށް ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ފިޔަވަޅު ވަނީ އިޢުލާނުކޮށްފައެވެ. މި ފިޔަވަޅު އެޅީ ޔަމަނުގެ ސަރުކާރުން ޙޫތީ ޖަމާޢަތުގެ ބާރުގެ ދަށުގައިވާ ޞަންޢާ އެއާޕޯޓަށް ބޮން އެޅުމާ ގުޅިގެންނެވެ. އީރާނުގެ މަތިންދާ ބޯޓެއް ޖެއްސިޔަ ނުދިނުމަށް ދިން އެ ހަމަލާ ވެގެން ދިޔައީ ހަތަރު އަހަރުތެރޭ ޔަމަނަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ހަމަލާތަކަށެވެ. ޙޫތީ ޖަމާޢަތުން ސިފަކުރީ މިއީ "ލޮލަކަށް ލޮލެއް"ގެ ސިޔާސަތެއް ކަމަށެވެ.

އެ ޖަމާޢަތުން ތުހުމަތުކޮށްފައި ވަނީ ސަޢޫދީ ވެރިން 12 ވަރަކަށް އަހަރު ވަންދެން "އަނިޔާވެރި ޙިޞާރެއް" ހިންގައި ބަނދަރުތަކާއި ވައިގެ ބަނދަރުތައް ބަންދުކޮށް ވަސީލަތްތައް ފޭރިގަންފައިވާ ކަމަށެވެ.

ޙޫތީ ޖަމާޢަތުގެ މެންބަރެއް ކަމުގައިވާ ޙުސައިން އަލް ބުޚައިތީ ބުނީ "އަންޞާރު الله ގެ ކަނޑުގެ ބަންދުގެ އެންމެ ފަހު ލަނޑުދަނޑިއަކީ ޙޫތީންގެ ބާރުގެ ދަށުގައިވާ ބަނދަރުތަކާއި ވައިގެ ބަނދަރުތަކުގެ މައްޗަށް ސަޢޫދީ ޢަރަބިއްޔާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް  މަޖުބޫރުކުރުން" ކަމަށެވެ.

މީގެ ކުރިން ރެޑް ސީ ބަންދުކޮށް އިސްތިއުމާރީ އިޒްރޭލުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވައިލި ކާމިޔާބީ ފާހަގަކުރައްވައި ބުޚައިތީ ބުނީ "އެ ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން ދެކުނު އިޒްރޭލުގެ އީލާތު ބަނދަރު ބަންދުކުރަން ޖެހުނު" ކަމަށާއި "އެންމެ ފަހުން ޢުމާނުގެ މެދުވެރިކަމުގެ ދަށުން އެމެރިކާއަށް ޙޫޘީންނާ އެކު އެއްބަސްވުމެއް ހަދަން ޖެހުނު" ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި ވުމާ އެކު ސަޢޫދީ ޢަރަބިއްޔާ ދިޔައީ ރެޑް ސީ އާއި ބާބުލް މަންދަބު ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރެވޭނެ ބަދަލު މަގުތައް ހޯދަމުންނެވެ. ނަމަވެސް ޙޫތީންގެ ބަންދުގެ ސަބަބުން އެ މަގުތަކަށް ވެސް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

ޔަމަނާއި ޖިބޫޓީ އަދި އެރިޓްރީއާ ދެމެދު ހުންނަ ބާބުލް މަންދަބް ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގެ ފުޅާ މިނުގައި ހުންނަނީ އެންމެ 29 ކިލޯމީޓަރެވެ. ސުއޭޒް ކެނެލް ބޭނުންކުރާ ބޯޓުފަހަރު ވަންނައި ނުކުންނަން ލިބެނީ ދެ ޗެނަލެވެ. 2024 ވަނަ އަހަރު އެ ކަނޑުއޮޅި ހުރަސްކޮށް ގާތްގަނޑަކަށް 4.1 ބިލިއަން ފީފާ ސާފުނުކުރާ ތެލާއި ސާފުކޮށްފައިވާ ޕެޓްރޯލިއަމް ދަތުރުކޮށްފައިވެއެވެ. އެއީ ދުނިޔޭގެ ޖުމްލައިގެ ގާތްގަނޑަކަށް ފަސް އިންސައްތައެވެ.

ބާބުލް މަންދަބް ވެސް ބަންދުވެއްޖެ ނަމަ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 25 އިންސައްތަ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތެވެ. ޙޫތީ ޖަމާޢަތުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޣައްޒާއާ ދެކޮޅަށް ފެށި ޤަތުލްއާއްމަށް ފަހު ބާބުލް މަންދަބު ސަރަޙައްދުގައި ބޯޓުފަހަރަށް ހަމަލާ ދީ ބައިނަލްއަޤުވާމީ ވިޔަފާރި ދަތުރުތައް ހުއްޓުމަކަށް ގެނެސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ