އިންޑިޔާގެ އެކްޓިވިސްޓް ވަންގޗުކް
ދުނިޔެ
24 Jul 2026 | 06:21
އިންޑިއާގެ އެކްޓިވިސްޓް ވަންގްޗުކް, 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލައި، މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދިޔަ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފިއެވެ.

އުމުރުން 59 އަހަރުގެ ވަންގްޗުކް ބުރާސްފަތި ދުވަހުގެ ރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ހަޅުތާލު ހުއްޓާލީ އެކި ޝަރުތުތަކާ މެދު ކުރެވުނު ދިގު މަޝްވަރާތަކަށް ފަހު އަދި ގައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ ޖޫން 28 ގައި މެޑިކަލް ކޮލެޖަށް ވަނުމުގެ އިމްތިޙާނު ޕޭޕަރުތައް ލީކުވެ އެތައް މިލިއަން ދަރިވަރުންނެއް އަލުން އިމްތިޙާނު ހަދަން ޖެހުނު މައްސަލައިގައެވެ.

އިންޑިއާގެ ޒުވާނުން އިސްވެ އުފައްދާފައިވާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ޙަރަކާތާ ގުޅިގެން ވަންގްޗުކް ކުރިއަށް ގެންދިޔަ މި ހަޅުތާލު ނިންމާލާފައި މިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވީޑިއޯ މެދުވެރިކޮށް ދިން ހިތާބެއްގައި، އިމްތިހާނު ކަރުދާސް ލީކުވާ މައްސަލަ ހުއްޓުވުމަށް ހަރުކަށި ގާނޫނެއް ހަދާނެ ކަމަށް ބުނެފައިވާ ދަނޑުވަޅެއްގައެވެ.

އެގޮތުން މޯދީ ވަނީ ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ކޯޓުގެ ޝަރީޢަތްތައް އަވަސްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި ހުކުރު ދުވަހު ކެބިނެޓުގައި މި މައްސަލަ މަޝްވަރާ ކުރާނެ ކަމަށް މޯދީ ބުނެފައެވެ. މޯދީ ޕޭޕަރު ލީކުވި މައްސަލަ ސިފަކުރީ އެތައް ސަތޭކަ ހާސް ދަރިވަރުންނަށް "ވަރަށް ބޮޑު ހިތާމައެއް" ގެ ގޯތުގައެވެ. ނަމަވެސް ވަޒީރު ޕްރަދާންގެ ނަން އެއްގޮތަކަށް ވެސް ނުގެނެއެވެ.

ސީޖޭޕީއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ނިއު ދޭލީގެ ޖަންތަރް މަންތަރް މައިދާނުގައާއި އިންޑިއާގެ އެކި ސިޓީތަކުގައި މުޒާހަރާ ކުރަމުން ގެންދެއެވެ. މޯދީ 2024 ވަނަ އަހަރު ތިންވަނަ ދައުރަކަށް ހޮވިފަހުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް މި އިހުތިޖާޖުތައް ވެފައިވެއެވެ.

މި ހަފުތާގެ ކުރީކޮޅު ޖަންތަރު މަންތަރު ސަރަހައްދުގައި ހިނގި މުޒާހަރާތަކުގެ ތެރެއިން ފުލުހުން ވަނީ ކަރުނަގޭސް ޖަހައި ބާރުގެ ބޭނުންކޮށްފައެވެ. ފުލުހުންގެ މި އަމަލުތަކާއި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވާތީ ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ވަންގްޗުކް ހަޅުތާލު ނިންމައިލުމާ ގުޅިގެން ސީޖޭޕީގެ ބާނީ އަބީޖީތް ދީޕްކޭ ބުރާސްފަތި ދުވަހުގެ ރޭ ބުނީ ވަންގްޗުކް ހަޅުތާލު ނިންމައިލީތީ "ހިތްހަމަޖެހި ޝުކުރުވެރިވާ" ކަމަށެވެ.

"ސޯނަމް ސާރގެ ހިތްވަރާއި ޤުރުބާނީއަށް ޝުކުރު ދަންނަވަން. އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން މުޅި ޤައުމުގެ ޟަމީރު ހޭލައްވައިލައިދެއްވައިފި. ސާރގެ ފުރާނައަކީ މި ޤައުމަށް ނުހަނު އަގުބޮޑު އެއްޗެއް" ކަމަށެވެ.

ނަމަވެސް، ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވަންދެން ޖަންތަރު މަންތަރުގައި ކުރިއަށްދާ ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.