އިސްރާއިލު ސިފައިން އެމްބިޔުލާންސްއަކަށް ހުރަސް އަޅަނީ-
ދުނިޔެ
27 Jul 2026 | 16:18
އިސްރާއީލް ސިފައިން އެމްބިޔުލާންސްއަށް ހުރަސް އެޅުމުން، ފަރުވާ ލަސްވެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ. 

ގަރްޔޫތު އެމްބިއުލާންސް އޮފިސަރު ބަޝާރު އަލް-ގަރްޔޫތީއާ ހަވާލާދީ ވަފާ ނޫހުން ބުނީ، ނާބްލަސްގެ ދެކުނުގައި އޮންނަ އަވާރްތާ އަސްކަރީ ޗެކްޕޮއިންޓުގެ ގޭޓުތައް ބަންދުކޮށް، އެމްބިއުލާންސް ދަތުރުކުރުމަށް އިސްރާއީލް ސިފައިން ހުރަސްއެޅި ކަމަށެވެ. އެ ވަގުތަކީ ބަނޑަށް ހަ މަސްވެފައިވާ އެ އަންހެންމީހާގެ ހަށިގަނޑުން އިންތިހާއަށް ލޭ ފައިބަމުންދިޔަ، އޭނާގެ ހާލަތު ނާޒުކު ވަގުތެކެވެ.

އަލް-ގަރްޔޫތީ ހާމަކުރި ގޮތުގައި، އެމްބިއުލާންސްގެ ކުރޫއިން 30 މިނެޓަށްވުރެ ގިނަ އިރު ހިފެހެއްޓިއެވެ. އަދި އަންހެންމީހާގެ ހާލަތު ގޯސްވެފައިވީ ނަމަވެސް، އިސްރާއީލް ސިފައިން ވަނީ އޭނާ ފާސްކުރުމަށް މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން، އެމްބިއުލާންސްގެ އިންޖީނު ނިއްވާލުމަށް ސިފައިން އަމުރުކުރުމުގެ ސަބަބުން، އެމްބިއުލާންސްގައި ހުރި މެޑިކަލް ސަޕޯޓް އިކުއިޕްމަންޓްތަކުގެ މަސައްކަތްވެސް ހުއްޓުނު ކަމަށް އޭނާ ބުންޏެވެ.

ގިނަ ވަގުތުތަކަކަށްފަހު ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ލިބުނުއިރު، ޑޮކްޓަރުންނަށް އަންހެންމީހާގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް، އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ވޭތުވެދިޔަ ދެ ދުވަހު އިސްރާއީލް ސިފައިން ވަނީ ރާމަالله، ނާބްލަސް އަދި ހެބްރޯންގެ އިތުރުން ގުދުސްގެ އުތުރުގައިވާ ބައެއް ޗެކްޕޮއިންޓްތައް ބަންދުކޮށް، ފަލަސްތީނު ރައްޔިތުންގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން އިތުރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލް ސިފައިންގެ އެހީތެރިކަމާއެކު ޔަހޫދީ ވަޒަންވެރިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

މީގެ އިތުރުން ނިރުބަވެރި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި ދޭ ހަމަލާތައް އިތުރަށް ފުޅާކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.