ފެނަކަ
ހަބަރު
28 Jul 2026 | 20:21
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ

ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ރިޑަންޑަންސީ އުސޫލާ އެއްގޮތަށް އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް އުސޫލުގެ ތެރެއިން ފައިސާ ދީފައިވާނޭކަމަށް ފެނަކައިން ބުނެފިއެވެ.

މިކަމާ ގުޅިގެން ދެކެެވެމުންދާ ވާހަކަތަކާ ގުޅިގެން ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށް ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ރިޑަންޑަންސީ އުސޫލެއް އެކުލަވައިލީ މުވައްޒަފުންނަށް ޝަރަފުވެރިކަމާ އެކު އިނާޔަތަކާ އެކީ ވަކިވެވޭނެ މަގެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކަމަށެވެ. އެގޮތުން މި ފުރުޞަތު މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ހުޅުވާލިކަން ފާހަގަކުރަމުން ފެނަކައިން ބުނީ، އެކަމުގެ ތަފުސީލް އިންޓާނަލް މެމޯއެއް މެދުވެރިކޮށް މުވައްޒަފުންނަށް އެންގި ކަމަށެވެ.

ވަކިވާން ބޭނުންވާ މުވައްޒަފުން ލިޔުމުން ޝައުޤުވެރިކަން ހުށަހެޅުމުން ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަޒީފާއިން ވަކިކުރާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އެ އެއްބަސްވުންތަކާ އެއްގޮތަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ މިހާރު ދޫކޮށް ނިމިފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފެނަކައިން ބުނީ އެކުންފުނިން މުވައްޒަފުންނަށް އޮޅުވާލާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކާއި ޢާންމު ފަރާތްތަކުން ފަތުރަމުން ގެންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން އެ ކުންފުނިން އެކަށައަޅާ އުސޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުންވާ ގޮތަށް ޢަމަލު ނުކުރާނެ ކަމުގެ ޔަޤީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.

ކޮމެންޓް
ގުއިއްޒު
ދެރައީ ފައިސާދީ ނިންމި އިރު ލިބުނީ ކާކަށްކަން ވަކިވި އެކަކަށްވެސް ނޭނގޭތީ.
29 Jul 2026
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.