ސައުދީން ހަމަލާ ފޮނުވާލަނީ-
ދުނިޔެ
29 Jul 2026 | 08:30
ސައުދީއިން އެމެރިކާއާ ގުޅިގެން، އިރާގުގެ އަސްކަރީ ބައެއް ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީ އަރަބިއްޔާގެ ތެޔޮ ވަސީލަތްތަކަށް ދެމުންދާ ޑްރޯން ހަމަލާތަކާ ގުޅިގެން، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒުތަކަށް ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ސައުދީގެ މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކުރި ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ގުޅިގެން ބުދަ ދުވަހު ދިން މި ހަމަލާތަކަކީ ސައުދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ސައުދީގެ އީސްޓަން ޕްރޮވިންސް އަދި ރިޔާދު ސަރަހައްދުގައި ހުރި ތެޔޮ ވަސީލަތްތަކަށް ޑްރޯން ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ހަމަލާތައް ސައުދީގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވާފައިވާއިރު، އެއީ އިރާގުގެ ސަރަހައްދުން ފޮނުވާލި ހަމަލާތަކެއްކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލް މާލިކީ އިތުރަށް ވިދާޅުވީ، ބުދަ ދުވަހުގެ އަސްކަރީ ހަމަލާތަކަކީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ. އަދި ސައުދީގެ ރައްޔިތުންނާއި ގައުމީ ވަސީލަތްތައް ހިމާޔަތްކުރުމުގެ ހައްގު އެ ގައުމަށް އޮތް ކަމަށާއި، ބޭނުންވާ ވަގުތެއްގައި އަދި ބޭނުންވާ ތަނަކަށް ރައްދު ހަމަލާ ދިނުމުގެ އިހުތިޔާރު ސައުދީ އަރަބިއްޔާއަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ސައުދީން މަސައްކަތް ކުރަމުންދަނިކޮށް، އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އިސްކުރީ "ޒިންމާދާރުކަން ކުޑަ މަގަކުން ކަންކަން ގޯސްކުރުމަށް" ކަމަށެވެ. އަދި މި ޖަމާއަތްތަކުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އަވަށްޓެރި ގައުމުތަކުގެ ގުޅުމުގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ސައުދީ އަރަބިއްޔާއިން ބޭނުންވަނީ މަސްލަހަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށެވެ. ނަމަވެސް ގައުމުގެ އިސްތިގުލާލާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ސައުދީ ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ