ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ-
ކުޅިވަރު
29 Jul 2026 | 12:05
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި

"އެއިޓީން ތާޓީ ކްލަސިކް" ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ބަލިކޮށް، ކްލަބް އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ހުޅުމާލެ، ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ފިރުޝާނާ ނަސީރު ޖަހައިދިން ލަނޑާއެކު އެޗްޑީސީން ފުރަތަމަ ލީޑު ނެގިއެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ސްޓެލްކޯގެ ޝަހުލާ ތައުފީގު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، 17 ވަނަ މިނެޓުގައި ފާތިމަތު ސާލިޔާ ވަނީ އެޗްޑީސީއަށް ދެވަނަ ފަހަރަށް ކުރިހޯދައިދީފައެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ސާލިޔާ ވަނީ އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ސްޓެލްކޯއިން އުންމީދު އާކުރީ 29 ވަނަ މިނެޓުގައި ޝަހުލާ ޖަހައިދިން ހިލޭ ޖެހުމުގެ ގޯލުންނެވެ. މި ގޯލާއެކު ނަތީޖާ 3-2 އަށް ބަދަލުވެ، ސްޓެލްކޯއިން އެޗްޑީސީގެ ގޯލަށް ބާރުބޮޑުކުރި ނަމަވެސް، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފިރުޝާނާ ވަނީ އެޗްޑީސީގެ ހަތަރުވަނަ ލަނޑު ޖަހައި ތަށި ކަށަވަރުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ފިރުޝާނާ ނަސީރެވެ.

އެޗްޑީސީން މި މުބާރާތުގެ ތަށި އުފުލާލީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މުޅި މުބާރާތުގައި ޖުމްލަ 28 ގޯލު ޖަހައިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.