ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީތަކެއް.. ފޮޓޯ: ވޮއިސް
ވިޔަފާރި
29 Jul 2026 | 21:00
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި


ސަފާރީ އުޅަނދުފަހަރު ގަތުމާއި ބެލެހެއްޓުމަށް ޚާއްޞަ "ލިވްއެބޯޑް ފައިނޭންސް"ގެ ނަމުގައި ރާއްޖޭގައި އުޅަނދަށް ދޫކުރާ އެންމެ ކުޑަ އިންޓަރެސްޓް ރޭޓާ އެކު ޤައުމީ ބޭންކުން މިއަދު އައު ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި މި ލޯނު ސްކީމުގެ ދަށުން އައު ސަފާރީއެއް ގަތުމާއި ބަނުމާއި އިންޖީނު އެޅުމާއި މަރާމާތުކުރުމުގެ އިތުރުން ބޭނުންވާ ސާމާނާއި ވަސީލަތްތައް ހޯދުމަށް ފައިސާ ލިބޭނެއެވެ. އެ ފެސިލިޓީގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 9.5 އިންސައްތައެވެ. ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހެނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމުގައިވާ އިރު، އެ ނޫން އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.

ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ. އެހެންކަމުން އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެކީ ފައިސާ ދެއްކުމުގެ ލުޔެއް އޮޕަރޭޓަރުންނަށް ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ލިވްއެބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއްކަމަށެވެ.

"ލިވްއެބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ޚިދުމަތަކީ މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ. މިއީ ދިވެހި އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް"

ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޒަމާނުއްސުރެ މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭންކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.