އެކްސިޑެންޓާމެދު ހޭލުންތެރި ކުރުމަށް ހިންގި ހަރަކާތެއްގެ ތެރެއިން
ހަބަރު
30 Jul 2026 | 15:40
ހަ މަސް ތެރޭ މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓް؛ ދުވާލަކު އެވްރެޖުކޮށް ހަތް އެކްސިޑެންޓަށްވުރެ ގިނަ

މި އަހަރުގެ ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް މާލެއާއި ސިނަމާލެ ބްރިޖާއި ހައިވޭގައި 1355 އެކްސިޑެންޓް ހިނގައި އެ ހާދިސާތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ޢަދަދަކީ ދުވާލެއްގެ މައްޗަށް ބަލާ ނަމަ އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

ސަރަޙައްދީ ގޮތުން ބަލާއިރު ޖުމްލައިގެ 83.25 އިންސައްތަ އެއީ 1128 އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. ބްރިޖާއި ހައިވޭ ސަރަޙައްދުގައި ރެކޯޑުކުރެވިފައިވަނީ 227 އެކްސިޑެންޓެވެ. ވަގުތަށް ބަލާ ނަމަ 901 ހާދިސާ، 66.49 އިންސައްތަ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑު ހިނގާފައިވަނީ 454 އެކްސިޑެންޓެވެ.

މަސް މަހަށް ބަލާ ނަމަ އެންމެ ގިނައިން ހާދިސާ ރެކޯޑުކުރެވުނީ ޖެނުއަރީގައެވެ. އެ މަހު 253 އެކްސިޑެންޓް ހިނގިއިރު އެންމެ ދަށް ޢަދަދެއް ފެނުނީ ފެބްރުއަރީގައެވެ. ފެބްރުއަރީގައި ހިނގީ 191 އެކްސިޑެންޓެވެ. މާރިޗުގައި އެ ޢަދަދު 236 އަށް އެރިއިރު އެޕްރީލްގައި 232 އަދި މެއިގައި 238 އެކްސިޑެންޓް ރެކޯޑުކުރެވުނެވެ. ޖޫން މަހު 205 އެކްސިޑެންޓް ހިނގައި ޖެނުއަރީއާ އަޅާބަލާއިރު 18.97 އިންސައްތައިގެ ދަށްވުމެއް ފެނިފައިވެއެވެ.

އަނިޔާގެ ގޮތުން ބަލާއިރު 1322 މައްސަލައެއްގައި ކުދި އަނިޔާ ލިބިފައިވާ ކަމަށް ގިންތިކުރެވިފައިވެއެވެ. ސީރިއަސް އަނިޔާގެ ގޮތުގައި ގިންތިކުރެވިފައިވަނީ 31 މައްސަލައެކެވެ.

މި ހާދިސާތަކުގައި ޖުމްލަ 1482 އުޅަނދަކަށް ގެއްލުން ލިބިފައިވާއިރު އިންޝުއަރެންސް މެދުވެރިކޮށް ބަދަލުގެ ގޮތުގައި ޖުމްލަ 3284622 ރުފިޔާ ދީފައިވެއެވެ. އެއީ ކޮންމެ އެކްސިޑެންޓް މައްސަލައަކަށް ބަލާ ނަމަ އެވްރެޖްކޮށް 2424.07 ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.