މިސްކިތުގައި ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ދީން
31 Jul 2026 | 13:14
އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް، ނާމާން ބިރުވެރި ޤިޔާމަތް ދުވަހުގައި ބިރެއް ނެތް: ޚުތުބާ

ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެއު ޢަމަލުކުރުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!" މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ވަނީ ޤިޔާމަތް ދުވަހު މީސްތަކުންގެ ޙާލަތު ހުންނާނޭ ގޮތުގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލާފައެވެ.

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. އެދުވަހުގެ ބިރުވެރިކަމުން، ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން ތިބޭނީ މަސްތުވެފައިވާ ފަދަ ޙާލަތެއްގައެވެ. ނަމަވެސް އެއީ މަސްތުގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި، އެއީ اللهގެ ޢަޛާބުގެ ގަދަފަދަކަމުން ވާކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

މަޙުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެދުވަހުން އިންސާނާ އޭނާގެ އަޚާއާއި، މަންމައާއި، ބައްޕަގެ އިތުރުން އަނބިދަރިންގެ ކިބައިން ފިލަން ދާނެ ކަމަށެވެ. އެދުވަހުގެ ބިރުވެރިކަމުން ކުޑަކުދިން މުސްކުޅިންނަށް ހަދާލާނެ ކަމަށާއި، އުޑު އިރައިގެންދާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

މިފަދަ ބިރުވެރި ދުވަހެއްގައިވެސް މީސްތަކުން ދެބަޔަކަށް ބެހިގެންވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއީ އުފާވެރިކަމާއި އަލިވެފައިވާ މޫނުތަކުގެ ވެރި މުއުމިނުންނާއި، ހިރަފުސް އެރި، ކަޅު އަނދިރިކަން ވެރިވެފައިވާ މޫނުތަކުގެ ވެރި ކާފިރުންނެވެ. މިއީ އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް އެދުވަހު ބިރެއް ނެތްކަމުގެ ހެކިތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ، ޤިޔާމަތް ދުވަހު އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާ ކުޅަ ޢަމަލުތަކަށް އޭނާގެ ގުނަވަންތައް ހެކިދޭނެ ކަމަށެވެ. އަތްތަކާއި ފައިތަކުގެ އިތުރުން، ކަންފަތާއި ލޮލާއި ހަންގަނޑުވެސް އިންސާނާގެ ޢަމަލުތަކަށް ހެކިދޭނެއެވެ. އަދި ކޮންމެ މީހަކު ކުޅަ ކުޑަ ކަމަކާއި ބޮޑު ކަމެއް ހިމެނިފައިވާ ޢަމަލު ފަތް އެމީހަކާ ޙަވާލުކުރެވޭނެއެވެ.

"ނަޞީބުވެރިއަކީ، އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާ ނިންމާލަމުން ވަނީ ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، اللهއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވެ، ފާފަތަކަށް ތައުބާވެ ހެއު ޢަމަލުތައް ގިނަކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.