އައްޑޫސިތީ
15 Jul 2026 | 08:49
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަނުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ: ފެނަކަ

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްގެން ހިންގާ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) މަޝްރޫޢުގެ ބޮޑު ބައެއް މި އަހަރު ތެރޭ ނިމި އެއްކޮށް ފުރިހަމަވާނީ އަންނަ އަހަރު ކަމަށް ފެނަކައިގެ މެނެޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ އެ މަޝްރޫޢު ރަނގަޅު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. މިދިޔަ އެޕްރީލް 17 ގައި ފެނަކައިގެ އެމްޑީ ކަމާ ޙަވާލުވެވަޑައިގެންނެވިއިރު ވެސް އެ މަޝްރޫޢު އޮތީ ފެށިފައި ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން މި މައްސަލައަށް ޙައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި މަގާމާ ހަވާލުވެގެން އެ ޕްރޮޖެކްޓްގެ ކަންކަން ކުރިއަށްދާ ގޮތް ބެލިބެލުުމުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ރަނގަޅު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް" އަފީފް ވިދާޅުވިއެވެ.

ރާއްޖެ އިން ބޭރުގައި ޖަނަރޭޓަރުތައް އުފެއްދުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ފެނަކައިގެ ޓީމެއް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢު ފެށުނު ފަހުން ބައެއް އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ވެސް އައްޑޫގައި ތިބި ސީޕީއެސް ޕްރޮޖެކްޓުގެ ފަންނީ ބޭފުޅުންނާއި ހެޑް އޮފީހުގެ ފަންނީ ފަރާތްތައް ގުޅިގެން ކުރަމުން އަންނަ ކަމަށް އަފީފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.