ސްޓެލްކޯއިން ފެނަކައާ ރަސްމީކޮށް ހަވާލުކުރުން..
ހަބަރު
21 Jun 2026 | 17:16
މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ދޭން ފަށައިފި


ފެނަކަ ކޯޕަރޭޝަނުގެ ދަށުން ހިންގަމުން އައި މ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކާއި ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އެ ކުންފުންޏާ ހަވާލުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ދިއްގަރާއި ކޮޅުފުށްޓާއި މަޑުއްވަރީގެ އިތުރުން މުއްޔާއި ނާލާފުށްޓާއި ރަތްމަންދޫ އަދި ވޭވަށެވެ. މި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިނެވެ.

ސްޓެލްކޯއިން ބުނީ މި ބަދަލަކީ ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.

ފެނަކައިން ޚިދުމަތް ދެމުން އައި ތިން އަތޮޅެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ އެޕްރީލް މަހުގައެވެ. އެއީ މ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި ޅ. އަތޮޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ