އިންފަންޓީނޯ.. ފޮޓޯ: ގެޓީއިމޭޖް
ކުޅިވަރު
01 Aug 2026 | 09:31
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން އިންފަންޓީނޯ ދޫކޮށްލައިފި

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ފީފާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައިފިނަމަ، މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ޔޫއެފާއިން ދީފައި ވަނިކޮށް، "ފުޓްބޯޅަ ވިއްކާލަން އެއްވެސް ފަރާތަކުން އުޅޭކަށް ނޫޅޭ" ކަމަށް ބުނެ ފީފާއިން އެކަން ދިފާއުކޮށްފިއެވެ.

ޖޭޕީ މޯގަން ބޭންކުން ތައްޔާރުކުރި 25 ޞަފުޙާގެ ލިޔުމެއްގައި ފީފާގެ މުބާރާތްތައް ފުޅާކުރުމަށް ނިންމައި ހާމަވި ލިޔުންތަކެއްގައި ވަނީ  އެ ޕްލޭން ތަންފީޒުކުރަން ފެށުމުން ކޮންމެ މެންބަރު އެސޯސިއޭޝަނަކަށް 24 މިލިއަން ޔޫރޯ ދެވޭނެ ކަމަށެވެ. ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން އެންމެ ފުރަތަމަ ޚަބަރު ފެތުރުނުއިރުވެސް ގިނަ ފަރާތްތަކަކުން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފައެވެ. 

ޔޫއެފާ އާއި ކޮންކާކަފްގެ އިތުރުން އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވެސް މި ހުށަހެޅުމާ ދެކޮޅު ހަދައި، ފީފާގެ ހިންގުމުގެ ނިޒާމު އަވަސް ފުރުސަތެއްގައި މުރާޖައާ ކުރުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޮރްޑޭރޯ ވެސް ވަނީ ފީފާގެ މި މަޝްރޫއާ ދެކޮޅަށް އިސްތިއުފާ ދެއްވާފައެވެ. އޭނާ ވިދާޅުވީ މިއީ ފުޓްބޯޅައަށާއި، މި ކުޅިވަރުގެ މުސްތަގުބަލަށް ބަލާއިރު ވަރަށް "ގޯސް ނިންމުމެއް" ކަމަށެވެ.

ކުރިމަތިވި ފިއްތުންތަކަށްފަހު ފީފާގެ ރައީސް އިންފަންޓީނީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެކަން ކުރުމަށް ނިންމެވީ މުސްތަގްބަލަށް ބަލާފައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރުމަށް ކަމަށެވެ. ނަމަވެސް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުން ހުރީތީވެ އެ ޕްލޭން މިހާރު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. 

ފީފާއިން ކުރިއަށްގެންދަން ނިންމި ޑީލްގައި އެޖަމިއްޔާއިން ހުށަހެޅި އިންވެސްޓާ ގްރޫޕް ލީޑުކުރަން ބެލެވުނީ 7   އެމެރިކާގެ ވެންޗާ ކެޕިޓަލް ކުންފުންޏެއް ކަމަށްވާ ތްރައިވް އެޓާނަލް އިންނެވެ. ތްރައިވް ގެ ފައުންޑަރު ޖޮޝުއާ ކުޝްނާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޅީދަރި ޖެރެޑް ކުޝްނާގެ ކޮއްކޮއެވެ. މި ޕްލޭނާ ގުޅޭ ގޮތުން ހުކުރު ދުވަހު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ޓްރަމްޕު ބުނީ އިންފަންޓީނޯ އާ އެ ކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކާ ކަމަށެވެ. އިންފަންޓީނޯ 2016 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް ހޮވުނީ 115 ވޯޓާ 88 ވޯޓުން ޝައިޚް ސަލްމާން ބަލިކޮށްގެންނެވެ. ފީފާގެ އައު ރައީސް ކަށަވަރުކުރާ 77 ވަނަ ކޮންގްރެސް އޮންނާނީ އަންނަ މާރިޗު މަހު މޮރޮކޯގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ