އެއްބަސްވުމުގައި ސޮއިކުރުމަށްފަހު... ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ހަބަރު
01 Aug 2026 | 10:52
ދިވެހިރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމް.ޓީ.ޕީ.ޓީ.އޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ދެޤައުމުގެ ދެެމެދުގައި އިގްތިސާދީގޮތުން ގުޅުންތައް ކުރިއަށްގެންދިއުމަށް ވެވުނު އެއްބަސްވުމެކެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންގުޅުއްވާ އެއްގަލަށް އަރާ ތަޞައްވުރުގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ފެށުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، ތުރުކީވިލާތުގެ އުފެއްދުންތަކާއި ޒަރޫރީ މުދާ ހޯދުމުގައި ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، އުންމީދަކީ އަމަލުކުރަން ފެށި އެއްބަސްވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަނަވަސްކަމާއި މަންފާ ލިބިގެންދިއުން ކަމަށެވެ.

ރާއްޖެއާއި ތުރުކީ އާ ދެމެދު އެކި ދާއިރާތަކުން ވަނީ އެއްބަސްވުންތައް ގާއިމްކޮށްފައެވެ. މީގެ ތެރޭގައި އިގްތިސާދީ އެއްބަސްވުމުގެ އިތުރުން އަސްކަރީ، އަދި ތައުލީމީ ދާއިރާ ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.