"19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" ނަމުގައި ބައްދަލުވުމެއް ބާއްވަނީ

23 Jul 2019 | 13:56

"19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" މިނަމުގައި އިދިކޮޅު ފަރާތްތަކާއިއެކު ބައްދަލުކޮށްލުމެއް ބާއްވަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ނިންމަވައިފިއެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެބައްދަލުކުރެއްވުން އޮންނާނީ މމާދަމާ ރޭ 9:00ގައި އޯކިޑްމަގުގައި ހުންނަ ސަލްސާ ރޯޔަލްގައި ކަމަށެވެ.

އެބައްދަލުކުރެއްވުމުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ސިފައިންވި ގުރުބާނީއާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައާއި، ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޅޭ ބިދޭސީންގެ ސަބަބުން ކުރާ އަސަރުތަކާއި ގުޅޭ ގޮތުން، ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާނެ ކަަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

މީގެ ކުރިން އުމަރު ނިންމަވާފައި އޮތީ "19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" މިނަމުގައި ބޮޑު އެއްވުމެއް އަންނަ ބުރާސްފަތިި ދުވަހުގެ ރޭ ބޭއްވުމަށެވެ. އެހެންނަމަވެސް، އެ އެއްވުން ނުބާއްވަން ނިންމެވީ މިނިވަން ދުވަހުގެ ހަރަކާތްތަކާއި ފުށުއަރާފާނެތީ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement