މޯދީއާއި އޭނާއަށް ބަދުބަސް ބުނި އަންހެން ކުއްޖާ-
ދުނިޔެ
05 Aug 2026 | 08:41
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު; ތިން ފަހަރު ގެ ބަދަލުކުރަން ޖެހިއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.

މި މައްސަލައަކީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ނޮއިޑާ ފުލުހުންނަށް ހުށަހެޅުނު އެފް.އައި.އާރު އަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖަންތަރު މަންތަރުގައި ބޭއްވި އިމްތިހާނުތަކުގެ ކަރުދާސް ލީކުވުމާއި ތައުލީމީ އިސްލާހަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރޭގައި ބޮޑުވަޒީރަށް އަމާޒުކޮށް ބަދުބަސް ބޭނުންކުރި ކަމަށެވެ.

އެ ކުއްޖާގެ ވަކީލު އަނިލް ކުމާރު ވިދާޅުވި ގޮތުގައި، މައްސަލަ ހުށަހެޅިއިރު އެ ކުއްޖާގެ އުމުރަކީ އެންމެ 14 އަހަރެވެ. އަދި އޭނާއަށް 15 އަހަރު ފުރުނީ މި އޯގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް ފުލުހުންގެ ރިޕޯޓުގައި އޭނާގެ އުމުރު ބަޔާންކޮށްފައެއް ނުވެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އަބުރާ ބެހުމާއި، ގަސްތުގައި އިހާނެތިކޮށް ހިތުމުގެ ދަށުންނެވެ.

މި ހާދިސާއަށްފަހު އެ ކުއްޖާ ވަނީ އާންމުކޮށް މާފަށް އެދިފައެވެ. އެހެންނަމަވެސް، ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުގެ އިންޒާރާއި ޖިންސީ ގޯނާކުރާނެ ކަމުގެ އިންޒާރުތައް އަންނަނީ ލިބެމުންނެވެ. ވަކީލު ވިދާޅުވި ގޮތުގައި، ނޮއިޑާގައި ހުރި އެމީހުންގެ ގެއަށް ނުދަންނަ މީހުންނާއި ފުލުހުން ގޮސް އުނދަގޫ ކުރަން ފެށުމުން، ސަލާމަތީ ސަބަބުތަކަށްޓަކައި އެންމެ ފުރަތަމަ ފަރީދާބާދުގައި ހުރި ތިމާގެ މީހެއްގެ ގެއަށް ބަދަލުވިއެވެ. ނަމަވެސް އެތަނަށްވެސް އިންޒާރުތައް އަންނަން ފެށުމުން، މިހާރު ވަނީ އެހެންމީހުންނަށް ނޭނގޭ ސަރަހައްދަކަށް ބަދަލުވެފައެވެ.

ސޯޝަލް މީޑިއާގައި އެކުއްޖާ އަކީ "ރުޗިކާ" ކިޔާ 25 އަހަރުގެ މީހެއް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ވަކީލު ވަނީ ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ އެއީ ދިހަވަނަ ކްލާހުގައި ކިޔަވަމުންދާ ކުއްޖެއް ކަމަށާއި، އޭނާގެ މަންމައަކީ އަމިއްލައަށް ޓިއުޝަން ނަގައިދީގެން އާއިލާ ބަލަހައްޓާ މީހެއް ކަމަށެވެ.

ކުއްޖާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ ރަހުމަތްތެރިންނާއެކު ކޮނޮޓް ޕްލޭސްއަށް ދިޔައީ ބާޒާރުކުރަން ކަމަށާއި، ނަމަވެސް މުޒާހަރާއާ ހެދި ފިހާރަތައް ބަންދުކޮށްފައި ހުރުމުން އެއްވެފައި އޮތް މީހުންގަނޑުގެ ތެރޭގައި ތާށިވީ ކަމަށެވެ. އެތަނުން ބައެއް މީހުން ވީޑިއޯ ކުރަމުން އައިސް، އޭނާއަށް ވާހަކަ ދެއްކުމުގެ މިނިވަންކަން އޮތް ކަމަށް ބުނެ ބަދުބަސް ބުނަން ހިތްވަރު ދިނީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ބުނެވުނީ ގޯސް އެއްޗެއް. އަޅުގަނޑު މާފަށް އެދިއްޖެއިން، އަދި މާފު ލިބެންދެން މާފަށް އެދޭނަން،" އެ ކުއްޖާ ބުންޏެވެ.

ނޮއިޑާ ފުލުހުން ބުނެފައިވަނީ މި މައްސަލަ މިހާރު ދިއްލީ ފުލުހުންނަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިއްލީ ފުލުހުން އަދި މިހާތަނަށް ރަސްމީކޮށް މައްސަލައެއް ރެޖިސްޓްރީކޮށްފައެއް ނުވެއެވެ. ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވީ ކުޑަކުއްޖެއްގެ މައްޗަށްވެސް މައްސަލަ ހުށަހެޅިދާނެ ކަމަށާއި، ހަގީގަތް ހޯދުމަކީ ތަހުގީގު ކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.