ޔޫއެފާއިން އަދިވެސް ބުނަނީ ވޯލްޑްކަޕް ބޯއިކޮޓް ކުރާނެ ކަމަށް-
ކުޅިވަރު
07 Aug 2026 | 08:16
އިންފަންޓީނޯގެ ނިންމުން ބަދަލުކުރި ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި

ފީފާގެ ބޮޑެތި މުބާރާތްތައް ޕްރައިވެޓް އިންވެސްޓްމެންޓަށް ހުޅުވާލުމުގެ ހުށަހެޅުން އަނބުރާ ގެންދިޔަ ނަމަވެސް ފިރިހެނުންނާއި އަންހެނުންގެ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔޫރަޕުގެ ފުޓުބޯޅައިގެ ބެލެނިވެރި ޖަމިއްޔާ ޔުއެފާއިން ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

ޔުއެފާއިން މިދިޔަ ހަފުތާގައި ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައިވާއިރު އެ އިންޒާރަކީ ފީފާއިން އެ ޕްލޭން ހުއްޓައިލުމުގައި މައިގަނޑު ސަބަބު ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ބޮއިކޮޓް ނެގުމަށް ޔުއެފާއިން ކަނޑައެޅީ ދެ ޝަރުތެކެވެ. އެ ޖަމިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ދެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

ޔުއެފާގެ ބަޔާނުގައި ބުނީ "ޔުއެފާގެ އެސޯސިއޭޝަންތަކުން ފީފާގެ މުބާރާތްތަކުގައި ބައިވެރި ނުވުމާ ގުޅޭ ގޮތުން ދެ ޝަރުތެއް ވަރަށް ސާފުކޮށް ކަނޑައެޅި" ކަމަށެވެ. "ފުރަތަމައީ ބޮޑެތި މުބާރާތްތައް ވިއްކައިލުމުގެ ހުށަހެޅުން އަނބުރާ ގެންދިޔުން. ދެވަނައީ މި ގޮތަށް ކުޅިވަރު ހަލާކުކޮށްލުމުގެ މަސައްކަތެއް ދެން ދުވަހަކުވެސް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުން" ކަމަށް އެ ބަޔާނުގައިވެއެވެ.

ޔުއެފާއިން އިތުރަށް ބުނީ "ހޮނިހިރު ދުވަހުގެ ބަޔާނުގައި ޖިއާނީ އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ސާފުކޮށް ބުނެފައިވާނެ. އެ ސްޓޭންޑު ދެމިއޮތް" ކަމަށެވެ.

ފީފާއިން މިދިޔަ ހަފުތާ އަންގާރަ ދުވަހު ހުށަހެޅި ޕްލޭނުގައި ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ފަދަ މުބާރާތްތައް ހިންގަން ވިޔަފާރި ސަބްސިޑިއަރީއެއް، ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)ގެ ނަމުގައި އުފައްދައި 20 ބިލިއަން ޑޮލަރުގެ ވެލުއޭޝަނެއްގެ މައްޗަށް 4.2 ބިލިއަން ޑޮލަރު ހޯދުން ހިމެނެއެވެ.

މި ޕްލޭން ފާސްވި ނަމަ ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް 2027 ގެ ކުރީކޮޅު އެއްފަހަރާ 20 މިލިއަން ޑޮލަރު ލިބި 2027-2030 ގެ ސައިކަލުގައި ފަންޑިން 8 މިލިއަން ޑޮލަރުން 20 މިލިއަން ޑޮލަރަށް އިތުރުވާ ގޮތަށް ވަނީ ރާވައިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު ފާޑުކިޔުންތަކާ ގުޅިގެން އިންފަންޓީނޯ ވަނީ ދުވަސްކޮޅެއް ފަހުން އެ ހުށަހެޅުން ދޫކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ