ވައިރަހެއް-
ދުނިޔެ
07 Aug 2026 | 12:15
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ ދިރާސާވެރިން އުފެއްދި މި 16 ވައިރަހަކީ ބެކްޓީރިއާއަށް ހަމަލާދޭ ގޮތަށް ފަރުމާކޮށްފައިވާ ވައިރަސްތަކެކެވެ. މީގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، މިއީ ސައިންސްގެ ދާއިރާގައި އައި ވަރަށް މުހިންމު ބަދަލެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. މި އީޖާދުގެ ސަބަބުން ބަލިތަކަށް ފަރުވާ ހޯދުމުގެ އާ ދައުރެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ބްރަޔަން ހީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ފަރުމާކުރި ފުރަތަމަ ފަހަރު ކަމަށެވެ. މި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ ޗެޓްޖީޕީޓީ ފަދަ ލާޖް ލޭންގުއޭޖް މޮޑެލްތަކާ އެއްގޮތަށެވެ. ނަމަވެސް މި މޮޑެލްތަކުން އަކުރުތަކުގެ ބަދަލުގައި އުފައްދަނީ ދިރުންތަކުގެ ބަހުރުވަ ނުވަތަ ޖެނެޓިކް ކޯޑުތަކެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ބްރަޔަން ހީ އާއި އެކުގައި މަސައްކަތްކުރާ މުވައްޒަފެއް 

"އީވޯ1" (Evo1) އަދި "އީވޯ2" (Evo2) ގެ ނަމުން ނަންދެވިފައިވާ މި އޭއައި މޮޑެލްތައް ތަމްރީނުކޮށްފައިވަނީ ވައިރަސް، ބެކްޓީރިއާ، ގަސްގަހާގެހި އަދި އިންސާނުންގެ ޖެނެޓިކް ކޯޑުތައް ބޭނުންކޮށްގެންނެވެ. ދިރާސާވެރިން އޭއައި ބޭނުންކޮށްގެން 302 ފަރުމާއެއް ތައްޔާރުކުރިއިރު، އޭގެ ތެރެއިން 16 ވައިރަހެއް ވަނީ އީ-ކޯލައި (E. coli) ބެކްޓީރިއާ މަރާލުމުގައި ކާމިޔާބު ނަތީޖާއެއް ދައްކާފައެވެ.

މި ކުރިއެރުމާއެކު، އެންޓިބަޔޮޓިކަށް ނުގުޑާ ބެކްޓީރިއާތަކަށް ފަރުވާކުރުމުގެ އާ މަގުތަކެއް ފަހިވެގެންދާނެއެވެ.

ނަމަވެސް، ބައެއް ތަޖުރިބާކާރުން ވަނީ މިފަދަ ޓެކްނޮލޮޖީއެއްގެ ސަބަބުން ކުރިމަތިވެދާނެ ސަލާމަތީ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖޯންސް ހޮޕްކިންސް ސެންޓަރު ފޯ ހެލްތު ސެކިއުރިޓީގެ ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، މި އީޖާދުގެ ސަބަބުން ބަޔޯސޭފްޓީ އަދި ބަޔޯސެކިއުރިޓީއާ ގުޅޭ ސުވާލުތަކެއް އުފެދެއެވެ. އަދި ނުރައްކާތެރި ބަލިތައް އުފެއްދުމަށް މި ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.

އެހެންނަމަވެސް، ދިރާސާވެރިން ވިދާޅުވަނީ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކު ރައްކާތެރި ލެބޯޓްރީއެއްގައި ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ ބޭނުމަކީ އިންސާނުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، އާ ފަރުވާތައް ހޯދުން ކަމަށްވެސް އެ މީހުން ފާހަގަކުރެއެވެ.

ސްޕެއިންގެ ޕޮމްޕޭ ފަބްރާ ޔުނިވަރސިޓީގެ ޕްރޮފެސަރ މާކް ގުއެލް ވިދާޅުވި ގޮތުގައި، މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރެއްގެ އެހީގައި ދިރުންތައް ފަރުމާކުރަން ފެށުނު އުންމީދީ ވަގުތެކެވެ. މިއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ހުޅުވުނު މުހިންމު ދޮރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.