ހުކުރު ޚުތުބާ އަޑު އަހަނީ-
ދީން
07 Aug 2026 | 13:03
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން: ޚުތުބާ

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"މަޑުމައިތިރިކަން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ، ނަމާދާއި ރޯދަ ފަދަ ފަރުޟުތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ގެންގުޅޭ ރިވެތި އުސޫލުތަކަކީ ދީނުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެއް ކަމަށެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އަޅުކަންތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ފެންނަމުންދެއެވެ. ޚާއްޞަކޮށް ދެބަސްވާ ހިނދު ޝަރުޢީ މިންގަނޑުތަކުން ބޭރުވުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތިންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަމަކީ މުޖުތަމަޢުގައި އިސްލާހުކުރަން ޖެހިފައިވާ ކަންކަމެވެ.

ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިސާލު ދައްކަވަމުން ޚުތުބާގައި ބުނީ، އެކަލޭގެފާނު އަހުލުވެރިންނާއި އަވަށްޓެރިންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތު ކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ.

 ثُـمَامَةُ بْنُ أُثَال رَضِيَ اللّٰهُ عَنْهُ އިސްލާމްވި ޙާދިޘާ ނިކަން އަޑުއަހާށެވެ! އޭނާ ހައްޔަރުކޮށްގެން ގެނެވި، މިސްކިތުގެ ތަނބެއްގައި ބަނދެވުނު ހިނދު، ނަބިއްޔާ ﷺ އޭނާގެ ގާތަށް ވަޑައިގެން ވަރަށް އޯގާތެރިކަމާ އެކު ވާހަކަފުޅުދައްކަވައި މުޢާމަލާތުކުރެއްވިއެވެ. އެންމެ ފަހުން އޭނާ އިސްލާމްކަން އިޢުލާނުކޮށް ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނެވެ! މާތް الله ގަންދީ ބުނަމެވެ. މީގެ ކުރީން މި ބިންމަތީގައި ކަލޭގެފާނުގެ މޫނުފުޅަށް ވުރެ އަހުރެން ނަފުރަތުކުރާ އެހެން މޫނެއް ނުވެއެވެ. ނަމަވެސް މިއަދު ކަލޭގެފާނުގެ މޫނުފުޅަކީ، އަހުރެން އެންމެ ދެކޭހިތްވާ މޫނުފުޅަށް ވެއްޖެއެވެ. އަދި ކަލޭގެފާނުގެ ދީނަށްވުރެ ބޮޑަށް އަހުރެން ނަފުރަތުކުރި ދީނެއް ވެސް ނުވެއެވެ. ނަމަވެސް މިއަދު ކަލޭގެފާނުގެ ދީނަކީ އަހުރެންގެ ގާތުގައި އެންމެ ލޮބުވެތި ދީންކަމުގައި ވެސް ވެއްޖެއެވެ."

އަދި ބޮޑު ކާފިރެއް ކަމުގައިވާ ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވި ހިނދު ވެސް، މާތް الله އަމުރުކުރެއްވީ މަޑުމައިތިރި ބަހުން މުޚާޠަބުކުރެއްވުމަށް ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

"ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ،" ކަމަށް ބަޔާންކުރާ ހަދީޘްފުޅުގެ މައްޗަށް އަލިއަޅުވާލަމުން، މަޑުމައިތިރިކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެ ކަމަށް ޚުތުބާގައި ބުންޏެވެ.

މިއާއެކު ޚުތުބާގައި ބުނީ، ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫން ކަމަށާ، އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާ ކަމަށެވެ. އަދި އެއީ މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާ ކަމަށެވެ.

ރަސޫލު ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ كَظَمَ غَيْظًا وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ، دَعَاهُ اللهُ عَلَى رُؤُوْسِ الْـخَلَائِقِ يَوْمَ الْقِيَامَةِ، حَتَّى يُـخَيِّرَهُ فِيْ أَيِّ الْـحُوْرِ شَاءَ) މާނައީ: "މީހަކު ކަމަކާ ރުޅިއައިސް އެ ކަމުގެ ބަދަލުހިފުމުގެ މައްޗަށް ކުޅަދާނަވެގެންވާ ޙާލުގައި ވެސް، އެ ރުޅި މައިތިރިކޮށްފި ނަމަ، މާތް ﷲ އޭނާގެ މަތިވެރިކަން ހާމަކުރެއްވުމުގެ ގޮތުން މީސްތަކުންގެ ތެރޭގައި އެ މީހަކަށް ނިދާ އިއްވަވާނެއެވެ. އެ މަތިވެރި ސިފަލިބިގެންވާ މީހަކީ މިއީއެވެ. ދެން އޭނާ ސުވަރުގެ ވައްދަވައި އޭނާ ބޭނުން ހޫރަލްޢީނަކު އިޚުތިޔާރުކުރުމުގެ ފުރުޞަތު އޭނާއަށް ދެއްވާނެއެވެ."

މިއަދުގެ ޚުތުބާ ނިންމާލާފައިވަނީ ނަރަކައިގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާންކޮށްދޭ ނަބަވީ އިރުޝާދަކުންނެވެ. 

ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (حُرِّمَ عَلَى النَّارِ كُلُّ هَيِّنٍ لَيِّنٍ سَهْلٍ قَرِيبٍ مِنَ النَّاسِ) މާނައީ: "ނަރަކަ ޙަރާމްކުރެއްވިގެންވަނީ (މީސްތަކުންނަށް) އޯގާތެރި، މަޑުމައިތިރި، މުޢާމަލާތުކުރާން ފަސޭހަ، ގާތްކަން ބަހައްޓާ، ކޮންމެ މީހަކަށެވެ." އަދި ވެސް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުންނަށް ނަރަކައިގެ އަހުލުވެރީންގެ ވާހަކަ ބުނެދެއްވަން ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. "އާދޭހެވެ!" ޙަދީޘްކުރެއްވިއެވެ: (كُلُّ عُتُلٍّ، جَوَّاظٍ مُسْتَكْبِرٍ) މާނައީ: "(އެއީ) ހަރުކަށި، އަދަބުކުޑަ، ބޮޑާ، ކިބުރުވެރި، ބާޠިލު ގޮތުގައި ޖަދަލުކުރާ ކޮންމެ މީހެކެވެ." 

އެހެންކަމުން، މާތް اللهގެ ރުއްސެވުން ހޯދުމަށްޓަކައި އެކަކު އަނެކަކަށް ތަވާޟުޢުވެރިވާ، އޯގާތެރި ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.