ރަޢީސް މުޢިއްޒު އާއި ރައީސް ޔާމީން
ހަބަރު
07 Aug 2026 | 17:14
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން: ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

އެހެން ނަމަވެސް، ރައީސް މުޢިއްޒަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާ، އެމަނިކުފާނު ފަދަ، މީގެ ކުރިން ވެރިކަން ކުރައްވާފައި ހުރި ރައީސަކަށް ރައީސް މުޢިއްޒު އަނިޔާވެރިވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑެއް ޤަބޫލެއް ނުކުރަން ރައީސް މުޢިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް. ރައީސް މުޢިއްޒަށް ސަރުކާރު ހިންގުމުގެ ކަންކަން ނުކުރެވި ހިނގައިދާނެ… 

ރައީސް ޔާމީން

އަޅުގަނޑު ކައިރީ މަސައްކަތް ކޮށްފައި ހުރި ބޭފުޅެއް ރައީސް މުޢިއްޒަކީ. އަދި އަޅުގަނޑަކީ ރައީސްކަން ކޮށްފައި ހުރި މީހެއް. އެހެންވީމާ އަޅުގަނޑުމެން ވަރުގެ މީހަކަށް އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަށް އަޅުގަނޑު ހަމަ ޕާސަނަލީ ގަބޫލު ނުކުރަނީ. މުޢިއްޒު ކުރައްވަފާނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި. ދެން ފުރުސަތެއް ލިބުނަސް އޭނަ ކުރައްވަފާނެ. އެކަމު މުޢިއްޒު ނުކުރައްވާނެ ކަމަށް އަޅުގަނޑަށް ހަމަ ޤަބޫލު ކުރެވޭތީ އެހެން މި ދެންނެވީ  

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ރުޅިވެރިކަން އޮތީ ހަމައެކަނި ރައީސް ޞާލިޙާ މެދުގައި ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ދެން ރިޔާސީ އިންތިޚާބެއްގައި ރައީސް މުޢިއްޒާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާ އެއީ ”ވުމަށްވުރެ ދުރު ކަމެއް“ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަނާއި މަނީލޯންޑަރިންގ ގެ ދައުވާތައް އުފުލައި، އެކަން ސާބިތުވެގެން އެމަނިކުފާނު ޖަލަށް ލެވުނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނަށް ވާދަނުކުރެވުނީ އެ ސަބަބުތަކާހުރެއެވެ. 

ރައީސް މުޢިއްޒު ވެރިކަމަށް އިންތިޚާބުވެޑައިގެންނެވުމުން ޔާމީން ގެއަށް ބަދަލުކު، މިހާރު ވަނީ މިނިވަންވެފައެވެ. ނަމަވެސް ޔާމީން އަންނަނީ އައު ޕާޓީއެއް އުފައްދަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.