ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ކުޅިވަރު
08 Aug 2026 | 13:01
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި

ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯއަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އޭނާ މަޤާމުން ވަކިވުމަށް ނޯވޭގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސާ ލީޒޭ ކްލެވެނެސް ގޮވާލައްވައިފިއެވެ.

އެންއެފްއެފުން ބޭއްވި ޖުލައިމަހުގެ ބޯޑު ބައްދަލުވުމަށްފަހު ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ކޮންމެ ދައުރެއްގައި ކަންބޮޑުވާންޖެހޭ ގޮތަށް ކަންކަން ގޮސްފައިވާ ކަމަށާއި މިހާރު ފެޑެރޭޝަނަށް އިންފެންޓީނޯއާ އެކު ކުރިއަށް ދެވެން ނެތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން އިންފަންތީނޯއާ ދެކޮޅުކަން ހާމަކޮށްފައިމިވަނީ ވަރލްޑްކަޕް ހިމެނޭ ގޮތުން ފީފާގެ މުބާރާތްތަކުގެ ވިޔަފާރީ ޙައްޤުތައް ވިއްކުމުގެ ޕްލޭނެއް އިންފެންޓީނޯ ހުށަހެޅި ހިސާބުން ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ބޮޑެތި ދެބަސްވުންތައް އުފެދުމާ ގުޅިގެންނެވެ. 20 ބިލިއަން ޑޮލަރުގެ އަގެއް ކަނޑައަޅައިގެން ދަށު ކުންފުންޏެއް ހަދައި ވޯލްޑް ކަޕާއި އެ ނޫންވެސް މުބާރާތްތަކުގެ ވިޔަފާރިއާއި އިވެންޓް ހިންގުން އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް އެ ޕްލޭނުގައި ހިމެނިއެވެ. އެ ކުންފުނީގެ 20 އިންސައްތައާ ހަމައަށް ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކުމުގެ ހުށަހެޅުން ބޮޑެތި ފާޑުކިޔުންތައް ލިބުމާ ގުޅިގެން ވަނީ އަނބުރާ ގެންގޮސްފައެވެ.

ފީފާއިން ބުދަ ދުވަހު އެ ޕްލޭނާ ގުޅޭ ގޯސްތަކަށް މާފަށް އެދުނު ނަމަވެސް ޔޫއެފާއިން ބުރާސްފަތި ދުވަހު ބުނީ ވޯލްޑް ކަޕް ހިމެނޭ ގޮތުން ފީފާ މުބާރާތްތައް ބޮއިކޮޓް ކުރުމަށް ހުށަހެޅި ހުށަހެޅުން ނެގުމުގެ ޝަރުޠުތައް އަދިވެސް ފުރިހަމަ ނުވާ ކަމަށެވެ. ފީފާގެ މި ހުށަހެޅުން އަނބުރާ ގެންދިޔަ ނަމަވެސް އިންފެންޓީނޯގެ ލީޑާޝިޕާ ދެކޮޅަށް ކުރާ ޕްރެޝަރު ދަނީ ވަރުގަދަވަމުންނެވެ.

އިންފަންޓީނޯ އާ ދެކޮޅަށް ވިލާތުގެ އިތުރުން އޭޝިއާގެ ފުޓްބޯޅަ ފެޑަރޭޝަންތަކުންވެސް ގެންދަނީ ބަޔާންތައް ނެރެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.