ބީއެމްއެލް ވީރަން އިވެންޓްގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް
ކުޅިވަރު
08 Aug 2026 | 14:00
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި

ވީރަން މޯލްޑިވްސް އިން އިސްނަގައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާ އެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ރިލޭ ރޭސް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ. ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ކޮންމެ ޓީމެއްގައި ވެސް ކޮންމެ މީހަކު ދުވީ އެއް ކިލޯމީޓަރެވެ. ޖުމްލަ 18 ޓީމެއް ބައިވެރިވި މި ހަރަކާތުގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ވާދަކުރިއެވެ. މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަކީ މި ރޭސް ރޭވުމުގެ މައިގަނޑު މަޤުޞަދެވެ.

ބީއެމްއެލް ވީރަން އިވެންޓްގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ތާރީޚުގައި ބޭއްވި ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހުގެ އިތުރުން ރޭސް ނިންމަން ހޭދަވާ ވަގުތު ބެލުމަށް ބެޓަންގެ އެތެރޭގައި ޗިޕެއް ހަރުކޮށްގެން ރާއްޖޭގައި ހިންގި ފުރަތަމަ ހަރަކާތަށް ވެސް މި ރޭސް ވެފައިވެއެވެ.

ބީއެމްއެލް ވީރަން އިވެންޓްގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް

ފިރިހެނުންގެ ބައިން ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. އެ ބައިގެ ފުރަތަމަ ރަނަރއަޕަކީ ރަންއިންމޯޑް އެތުލެޓިކްސް ކަމުގައިވާ އިރު ދެވަނަ ރަނަރއަޕަކީ ބީއެމްއެލް އެވެ. އަންހެނުންގެ ބައިގެ ޗެމްޕިއަންކަން ރަންއިންމޯޑް އެތުލެޓިކްސް ހޯދި އިރު ފުރަތަމަ ރަނަރއަޕަކީ ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސް ކަމަށާއި ދެވަނަ ރަނަރއަޕަކީ އޭޑީކޭ ސިނަރޖީ ކަމަށް ވީރަން މޯލްޑިވްސް އިން ހާމަކޮށްފައިވެއެވެ.

ބީއެމްއެލް އިން އަންނަނީ ކުޅިވަރުގެ ރޫހު ދިރުވައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.