އާޖެންޓީނާގެ ފުޓްބޯލަ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެއެވެ.
މަޝްހޫރު ފޯބްސްއިން ބުނެފައިވަނީ، އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އެ ނޫހުން ބުނީ ޖޯޖް ނިޔާވީ ދިގު މުއްދަތެއް ވަންދެން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ނަމަވެސް ޖޯޖް މަރުވީ ކޮން ބައްޔެއްގައިކަމެއް އަދި ސާފެއް ނުވެއެވެ.
ޖޯޖް ވަނީ މެސީގެ އޭޖެންޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން ހޭދަކޮށްފައެވެ. ޖޯޖް އަކީ ލިއޮނެލް މެސީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ފަރާތެވެ. ލިއޮނެލް ކުޑައިރު ދެކުނު އެމެރިކާ ދޫކޮށް ބާސެލޯނާ ކްލަބާ ގުޅެން ސްޕެއިނަށް ދިޔައިރު އެ ނިންމުން ނިންމީ ޖޯޖެވެ. އެގޮތުން ސްޕެއިނަށް މެސީ ދިޔައިރު މެސީއާއެކު އެންމެ ފުރަތަމަ ދިޔައީ އޭނާއެވެ.
މުޅިން އާ ވެއްޓެއްގައި ދިރިއުޅެން ފަށައިގެން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލި އެ ދުވަސްތަކުގައި ޖޯޖް ވެފައި ވަނީ ދަރިފުޅަށް ނަފްސާނީ ގޮތުންނާއި ޢަމަލީ ގޮތުން ލިބުނު އެންމެ ބޮޑު އެހީތެރިޔާއަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists