ހުޅުމާލެ ހޮސްޕިޓަލް
ހަބަރު
09 Aug 2026 | 01:08
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލްގެ މުއައްޒަފަކާ ގުޅިވައިގެން ސޯޝަލް މީޑިއާގައި ފަތުރަމުގެންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިރޭ ދޮގުކޮށްފިއެވެ.

ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެ ހޮސްޕިޓަލަށް ދިޔަ ބަލިމީހަކަށް މެޑިކަލް އޮފިސަރަކު އަމަލުކުރިގޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުރުވަމުންދާ ވާހަކަތަކުގައި އެއްވެސްކަހަލަ ހަގީގަތެއްނެތް ކަމަށެވެ. 

ހުޅުމާލެ ހސްޕިޓަލުން ބުނީ އެ ހޮސްޕިޒަލުން ފޯރުކޮށްދޭ، އެންމެހައި ޚިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ، މިނިވަންކަމުގެ އިތުރުން އިތުބާރު، ދެމެހެއްޓުމަށް، އިސްކަންދީގެން، ދެވޭ ޚިދުމަތްތަކެއް ކަމުގެ ޔަގީންކަން .އަރުވާ ކަމަށެވެ. އެގޮތުން ބަލިމީހުން، ހުށަހަޅާ ކޮންމެ، މައްސަލައަކީ ހޮސްޕިޓަލުން ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ޚާއްސަ އިސްކަމެއްދީގެން ބަލާނޭ މައްސަލަތަކެއް ކަމަށެވެ. އެގޮތުން އެފަދަ މައްސަލައެއް ބެލުމަށްފަހު ކަނޑައެޅިފައިވާ ސިޔަސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން، ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، އަޅަންޖެހޭ، ފިޔަވަޅުތައް އަޅަމުންދާނޭކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވާހަކަތަކާ ގުޅިގެން ބުނީ އެ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި، ޞިއްޙީ ޚިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި، "ހިފެހެއްޓުމަށް "އަބަދުވެސް. މަސައްކަތްކުރާ ދަޢުލަތުގެ މުއައްސަސާއެއް ކަމަށެވެ. ބަލިމީހުން ބަލައި ފަރުވާދިނުމުގައި ބަލިމީހާގެ ކަރާމާތާއި އަމިއްލަ މިނިވަންކަމަށް އިހުތިއާމުކުރުމާއި ބަލިމީހާގެ ރުހުން ހޯދުމުގެ. އިތުރުން ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާއި، އެއްގޮތަށް، އެންމެހާ މުވައްޒަފުންނާއި ޚިދުމަތްހޯދާ ފަރާތްތަކުން ޢަމަލުކުރުމަށް ހޮސްޕިޓަލުން އަބަދުވެސް، -ބާރުއަޅަމުން އަންނަކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

އަދި ދަޢުލަތުގެ ޞިއްޙީ ޚިދުމަތްދޭ، މުއައްސަސާއަކަށްވުމުން ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މަޢުލޫމާތާއި، ސިއްރުތައް ހިފެހެއްޓުމަކީ ކަނޑައެޅިފައިވާ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މިހޮސްޕިޓަލުގެ ފަރާތުން، ކަށަވަރުކުރާނެ ކަމެއްކަމަށްވެސް ބަޔާނުގައި ބުންޏެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.