އީރާނާ ޕާކިސްތާނުގެ އޮފިޝަލުންގެ ބައްދަލުވުމެއްގެ ތެރެއިން... ފޮޓޯ: އެންބީސީ
ދުނިޔެ
09 Aug 2026 | 08:00
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ

އިރާނާއި އެމެރިކާ ދެޤައުމުގެ ގުޅުން ގޯސްވެފައިވަނިކޮށް އަނެއްކާވެސް ދެ ޤައުމުން ސުލްހައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އެމެރިކާ އާއި އީރާނުން ސީދާ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު އެކުލަވާލާފައިވާ އެއްބަސްވުމަކަށް އަމަލުކުރުމާ މެދު އީރާނުގެ ކަމާބެހޭ އިދާރާތަކުން ގޮތްތަކެއް ނިންމަމުންދާކަމަށް ހަބަރުތައް ލިބެއެވެ.

ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޮނިހިރު ދުވަހު ވިދާޅުވީ، އޮމާނާއެކު ވެވޭ އެއްބަސްވުމުގެ ދެލިކޮޕީ މިހާރު އޮތީ ނިމުމަކާ ހަމައިގަ ކަމަށެވެ. އެހެންނަމަވެސް، ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުން ބިނާވެފައި އޮތީ، ޖޫން މަހު ސޮއިކުރި ފަހުމުނާމާގައި އެމެރިކާއިން ވެފައިވާ ވަޢުދުތަކަށް އެ ގައުމުން އިޙްތިރާމްކޮށް، އެ ވަޢުދުތައް ފުއްދުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އެމެރިކާއިން އެ ފަހުމުނާމާގެ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުން ދަނީ ދެފަރާތުގެ ދެމެދުގައި ސުލްހަ ގާއިމްކުރުމަކީ މިހިނދަށް ކޮންމެހެންވެސް ބޭނުންވާ ކަމެއްކަމަށް ބުނެފައެވެ. އީރާނާ އެމެރިކާ ގުޅުން ރަނގަޅުކުރުމަށް މިފަހުން އެންމެބޮޑަށް ހަރަކާތްތެރިވާ އެއް ޤައުމަކީ ޕާކިސްތާނެވެ. އެގޮތުން ޕާކިސްތާނުން ދަނީ މަޝްރަހު ފިނިކުރުމަށް އީރާނާ އެމެރިކާ އާ ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ