ފަހިދިރިއުޅުން ޓަވަރުތައް ދޮށަށް ޖަމާކޮށްފައި ހުރި ކުނި
ހަބަރު
09 Aug 2026 | 10:12
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި

މަދިރިން ރައްކާ ނަމުގައި އިއްޔެ ފެށި ހުޅުމާލެ ސާފްކުރުމުގެ ހަރަކާތުގައި ފަހިދިރިއުޅުމަށް ދީފައިވާ އަމާން ޓަވަރުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މަލްޝާ ޝަރީފް ވިދާޅުވެފައިވަނީ، ސާފްކުރުމަށް ކުރި މަސައްކަތުން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގާފައިވާކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީ އެފްޑީސީގެ އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ގޮނޑުކޮށްފައިވާއިރު، އެޗްޑީސީގެ ބޮޑު އެއްބާރުލުމަކާއެކު ގޮނޑުކޮށްފައިވާ ސަރަހައްދުތަކުން ކުނިތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. 

މަލްޝާ ވިދާޅުވީ އިއްޔެ ނެގި 670 ޓަނުގެ ކުނި ބަރުދަން ހިސާބުކުރާނަމަ އެއީ 450 އާއި 500 އާ ދެމެދުގެ އަދަދެއްގެ ކާރުގެ ބަރުދަން ކަމަށެވެ. ޓަވަރުތައް ހުންނަ ސަރަހައްދަށް އަޅާފައިވާ އެ ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ.

ފަހިދިރިއުޅުން ޓަވަރުތައް ކައިރިއަށް ކުނިއަޅާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލާގައި އެފްޑީސީންވެސް ވަނީ އާންމު ތަންތަނަށް ކުނި ނޭޅުމަށް ތަކުރާރުކޮށް އަންގާފައެވެ. އަދި ކުނިއަޅާފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުވެސް އެފްޑީސީން ވަނީ ދީފައެވެ. އެފްޑިސީން ވަނީ އެކި ފަހަރުމަތިން އެތަންތަނަށް އަޅަމުންދާ ކުނިތައް އުކާލުމުގެ މަސައްކަތްވެސް ކޮށްފައެވެ. އެގޮތުން އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކަށް އުކާލާފައިވާ ކުނިތައް ނައްތާލުމަށް މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

ޓަވަރުތައް ހުންނަ ސަރަހައްދަށް އުކާލާފައި ހުންނަ ތަކެތީގެ ތެރޭގައި ފާހާނާ، ރެފްރިޖްރޭޓަރ އަދި ފަރުނީޗަރުފަދަ ތަކެތި ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ