ދާރުއްނޫރު ކޮންސެޕްޓް ޑިޒައިންކުރުމުގެ ބައްދަލުވުމުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ --
ހަބަރު
09 Aug 2026 | 15:54
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ

ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.

މި ބިލްޑިން އަކީ ގުރްއާނަށް ހާއްސަ ވަގްފު ބިލްޑިންނެވެ.

ދާރުއްނޫރު ކޮންސެޕްޓް ޑިޒައިންކުރުމުގެ ބައްދަލުވުމުގެ ބައްދަލްވުމަށް ފަހު ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން، ނުވަތަ އަންނަ އަހަރު ކުރީކޮޅުގައި ނޫރު ބިލްޑިންގުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ.

މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.

މިނިސްޓްރީގެ އަމާޒަކީ ބިލްޑިންގެ ނިމުމުން މިނިސްޓްރީގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކޮށް، އިސްލާމީ މަރުކަޒު އެތަނުގެ އަސްލަށް ރުޖޫއަ ކުރުން ކަމަށާ ހަގީގަތީ މާނައިގައި އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިއާދަ ކުރުން ކަމުގައި ވަޒީރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ މަރުކަޒުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް، އިސްލާމް ދީނާ ބެހޭ މަޢުލޫމާތު އެކި ޢުމުރުފުރާތަކަށް ލިބޭނެ ގޮތް ހަދާ، ސްކޫލްތަކުގެ ދަރިވަރުން ޒިޔާރަތް ކުރެވޭ ތަނަކަށް ހެދުން ކަމަށެވެ.

".. މީގެ އިތުރުން އިސްލާމީ މަރުކަޒު ހުޅުވި އިރު އެތަނުގެ ހުރި ލައިބްރަރީ އަލުން އިޢާދަކޮށް، ޒަމާނީ ފެންވަރުގެ ލައިބްރަރީއެއް ގާއިމްކުރުން. އަދި އެކަށީގެންވާ ވަރުގެ މަރާމާތެއް ކޮށް، އިސްލާމީ މަރުކަޒު ހެޔޮ ގޮތުގައި ބެލެހެއްޓުން," ވަޒީރު ވިދާޅުވި އެވެ.

ނޫރު ބިލްޑިންގަކީ ދިވެހިރާއްޖޭގައި ގުރްއާނުގެ ހާފިޒުން ބިނާކުރުމާއި، ގުރްއާނުގެ އިލްމު ފެތުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށްޓަކައި ބިނާކުރެވޭ ހާއްސަ ވަގްފު ބިނާއެކެވެ. އެތަނުން ލިބޭ ކުލި ހަރަދުކުރެވޭނީ މި މަގްސަދަށެވެ. މިވަގުތު މާލެއާއި ހުޅުމާލޭގައި ދެ އިމާރާތެއްގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މާލެގައި ހުރި ދާރުލް އީމާން ވަގްފު ބިނާއިން އަހަރަކު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ. އެއީ މިސްކިތްތަކަށް ހާއްސަ ބިނާ އެކެވެ. މި ބިނާގެ މަސައްކަތް ފެށީ 2014 ވަނަ އަހަރު އެވެ. އޭރުވެސް ވަޒީރަކަށް ހުންނެވީ ޑރ. ޝަހީމް އެވެ. 

"ތިން އަހަރު ފަހުން މިފަދަ މަސައްކަތްތަކަށް މިނިސްޓްރީން ދައުލަތުގެ ބަޖެޓަށް ބަރޯސާއެއް ނުވާނެ. މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ދީނީ ކަންކަންކަން ކުރެވޭ ވަރަށް އިސްލާމީ ވަޤުފު ފަންޑު މި ބިލްޑިނގތަކުގެ ސަބަބުން ހުންނާނީ ތަނަވަސްވެފައި," ވަޒީރު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ